މިނިވަން ދުވަހާއި ގުޅިގެން ބާއްވާ ސިފައިންނާއި ކެޑޭޓުންގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު ހުޅުމާލޭގައި އޮންނާނެކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއްޖެއެވެ.
ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ، މި ހިނގާލުން ފަށާނީ މާދަމާ ހަވީރު 4:30ގައިކަމަށެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، މި ހިނގާލުމުގައި އެމްއެންޑީއެފްގެ ބޭންޑާއެކު ޖުމްލަ 6 ގެމަ ބައިވެރިވާނެކަމަށެވެ. އަދި މި އަސްކަރީ ހިނގާލުމުގައި އެމްއެންޑީއެފްގެ ކޯތަކާއި ތަފާތު ދާއިރާތަކުގެ ޚިދުމަތްތައް ދައްކާލުމަށް ހަމަޖެހިފައިވާކަމަށެވެ.
ހުޅުމާލޭގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޝަރަފުގެ ހިނގާލުން ފަށާނީ، ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރީންނެވެ. އަދި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަލާސީނުކޮށި ކައިރިންނެވެ.
މި ހިނގާލުމުގައި 2 ތަނެއްގައި ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވެއެވެ. އެ ސަރަހައްދުތަކަކީ ސެންޓްރަލް ޕާކް ،ހިތިގަސްމަގު – ހުވަނދުމާހިނގުން ޖަންކްޝަން)އާއި ސިފްކޯ ފުލެޓް (ރީތިގަސްމަގު – އަސުރުމާހިނގުން ޖަންކްޝަން) ކައިރިއެވެ. މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއެވެ.
މާދަމާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޤައުމީ ދިފާޢީ ބާރުގެ އަސްކަރީ ހިންގާލުމާއެކު ސްކޫލު ކުދިންގެ ޕެރޭޑްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. މި ހިނގާލުމުގައި މާލެ ސަރަޙައްދުގެ 15 ސްކޫލަކުން ބައިވެރިވާނެއެވެ.
ޖުލައި 26ގައި ބާއްވަން ހަމަޖެއްސި މި ޕެރޭޑު އެދުވަހު ނުބޭއްވުނީ ވިއްސާރަވުމާއި ގުޅިގެނެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި ވަނީ ހެވިކަމުގެ ކުޅިވަރުތަކުގެ ތެރެއިން ގައުމީ ދިފާއީ ބާރާއި، ސްކޫލް ކުދިންގެ ޕެރޭޑެއްވެސް ކުރިއަށްގެންގޮސްފައެވެ.
ސިފައިންނާއި ކެޑޭޓުންގެ ޝަރަފުގެ ހިނގާލުން ބުރާސްފަތިދުވަހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ