ވޭސްޓް މެނޭޖުމަންޓު ކޯޕަރޭޝަން (ވެމްކޯ) ގެ ތިލަފުށީ ސައިޓުގައި ރޯވެ އަނދައިގެންދިޔަ ކުނިތައް ހދ. ކުނބުރުދޫއަށް ގެންދިޔުމަށް ނިންމާފައިވާތީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މާލެ ސަރަހައްދުގައި އުފެދޭ ހުރިހާ ކުންޏެއް ގެންދާ ތިލަފުށީގައި ރޯވީ ޖުލައި 19، ގަ އެވެ. އެ އަލިފާނުގެ ހާދިސާއާ ގުޅިގެން ވެމްކޯގެ ތިލަފުށީ ސައިޓަށް ގެއްލުންވެ ކުނި ބަލައިގަންނަ މިންވަރު ވެސް ވަނީ މަދުކޮށްފަ އެވެ.
SIMDI Company Pvt Ltd
SIMDI Company Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
MU STORE
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު "މިހާރު" ނޫހަށް ވިދާޅުވެފައިވާ ގޮތުގައި އެނދި ހުރިހާ ކުންޏެއް ގެންދަނީ ހދ. ކުނބުރުދޫގައި ހުންނަ ވޭސްޓް މެނޭޖުމަންޓު ފެސިލިޓީއަށެވެ. އެ މަސައްކަތް މާދަމާ ފަށާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މޭޔަރު އާތިފް ވަނީ އެއީ "ކޮށްގެންވާނޭ ކަމެއް ނޫން" ކަމަށް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފަ އެވެ. އެގޮ
"ހދ. އަތޮޅު ފަދަ ފަޅުރަށްތައް މަދު އަތޮޅުގެ މެދުގައި އޮތް ގުދުރަތީ ރީތި ރަށަކަށް މުޅި ގައުމުގަ އުފެދޭހާ ކުނި ޖަމާކުރުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން، އަދި މި ސަރަހައްދުގެ ކުނިވެސް ޖަމާކުރަން އެންމެ ރަނގަޅު ރަށަކީ ކުނބުރުދޫ ކަމަށް ނުދެކެން،" އާތިފް ލިޔުއްވި އެވެ.
އެގޮތަށް އަމަލުކުރަން ސަރުކާރުން ނިންމާފައިވަނީ މާލެ ކައިރީގައި، ގުޅީފަޅު، އުތުރު ތިލަފަޅު، ހުޅުމާލެ ތިންވަނަ ފިޔަވަހި އަދި ފުށިދިއްގަރު ފަޅު ކަހަލަ ބޮޑެތި ފަޅުތައް ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކަމުންދާއިރު ކަމަށް މޭޔަރު ލިޔުއްވި އެވެ.
އޭނާ ނިސްބަތްވާ އެމްޑީޕީގެ ސަރުކާރުން ކުނބުރުދޫގައި ވޭސްޓް މެނޭޖުމަންޓު ފެސިލިޓީ ގާއިމުކުރަން ނިންމުމުން ވެސް ދެކޮޅު ހެއްދެވި ކަމަސާއި އެ ރަށުގެ ބަދަލުގައި ހދ. ކަނޑުމާވައިދޫގައި އެ ސްޓޭޝަން އެޅުމަށް އެދުނު ކަމަށް އާތިފް ވަނީ ލިޔުއްވާފަ އެވެ.
ތިލަފުށީގައި އެނދި ކުނިތައް ހދ. ކުނބުރުދޫއަށް ގެންގޮސްގެން ނުވާނެ ކަމަށް މޭޔަރު އާތިފް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ