މަސައްކަތް ކުރާ ފަރާތްތަކަށް 14 ދުވަހުގެ ތެރޭގައި ފައިސާ ދޫކުރަން

މިހާތަނަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް 1.1 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެެވެ. މި އަހަރު އަށް ބިލިއަން ރުފިޔާ ހަރަދު ކުރަން ވަނީ ބަޖެޓުކޮށްފަ އެވެ.
ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް (ޕީއެސްއައިޕީ) މަޝްރޫއުތަކުގެ ތެރޭން ހަވާލުކުރާ ފަރާތްތަކަށް 14 ދުވަސްތެރޭ ފައިސާ ދެމުން ގެންދާ ކަމަށް ސަރުކާރުން ބުނެފި އެވެ. 
ރައްޔިތުން މަޖިލީހުގައި ހދ. ކުޅުދުއްފުށީ ސިޓީގެ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވީ ކުރިން ފިނޭންސުގެ ޕޯޓަލަށް ޕޯސްޓް ކުރާތާ ހަތް ދުވަހުގެ ތެރޭގައި ކުރިން ފައިސާ ދެމުން ގެންދާ ކަމަށެވެ. 
"މިހާރު 14 ދުވަހުގެ ތެރޭގައި ފައިސާ އެބަ ދޫކުރަން. އެވޯޑް ކުރެވިފަައި ހުރި މަސައްކަތްތައް ކުރިއަށް ދިއުމުގައި ދަތިތަކެއް ހުރެގެން ނުވާނެ. އަޅުގަނޑުމެން ޕްރޮކިއުމަންޓް ނިޒާމުގެ ތެރޭން ޕްރޮޖެކްޓްތައް ޓެންޑް ކުރުމުގެ މަސައްކަތްތަކެއް ކުރަން. ޕޯސްޓް ކުރުމަށްފަހުގައި މައްސަލަތަކެއް ކުރިމަތި ވެގެން ނުވާނެ. މިހާރު ވެސް 14 ދުވަސް ތެރޭގައި ފައިސާ ދޫކުރަން،" އަމީރު ވިދާޅުވި އެވެ. 
ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކުގެ ފައިސާ ކުންފުނިތަކަށް ނުލިބޭ ކަމަށް ބުނެ ކުރާ ޝަކުވާތައް ގިނަ އެވެ. ބައެއް މަޝްރޫއުތައް ފަަށަން ދޭން ޖެހޭ އެޑްވާންސް ފައިސާ ނުލިބިގެން މަޝްރޫއުތައް ނުފެށޭކަމުގެ ޝަކުވާ ވެސް ލިބެ އެވެ. 
ފިނޭންސް މިނިސްޓްރީގެ މައުލޫމާތުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް 1.1 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މި އަހަރު ޕީއެސްއައިޕީއަށް އަށް ބިލިއަން ރުފިޔާ ހަރަދު ކުރަން ސަރުކާރުން ބަޖެޓުކޮށްފައިވެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ