ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކާނެ ކަމަށް ބުނެ މީހެއްގެ އަތުން 550،000ރ. ހޯދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މުވައްޒަފެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ފޮނުވީ ފުތިހާ ޝާކިރު، މ. ސީވިންޑް ގެ މައްޗަށް ކަމަށެވެ. ފުތިހާ ޝާކިރުއަކީ އެޗްޑީސީގެ އެސްޓޭޓް އޮފިސަރެއްގެ މަގާމުގައި ހުރި މީހެކެވެ.
އޭސީސީން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިމެއް ވިއްކާނެ ކަމަށް ބުނެ އެޗްޑީސީގެ ނަމުގައި ފުތިހާ 2022 ވަނަ އަހަރު ސައްހަ ނޫން ޕޭމަންޓު ސްލިޕްތަކެއް ތައްޔާރު ކުރި ކަމަށެވެ. އަދި އެ ސްލިޕްތައް ބޭނުން ކޮށްގެން އަމިއްލަ މީހެއްގެ އަތުން 550،000ރ. ހޯދާފައިވާކަން އޭސީސީގެ ތަހުގީގަށް ހޯދިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ފުތިހާގެ މައްޗަށް ދައުވާ ކޮށްދޭން އޭސީސީން އެދިފައި ވަނީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ކުށުގެ ދައުވާ އެވެ. އަދި އޮޅުވާލައިގެން ފުތިހާ ހޯދި 550،000ރ. ވެސް އަނބުރާ ހޯދައި ދިނުމަށް އޭސީސީން އެދިފައިވެ އެވެ.
ހުޅުމާލެއިން ބިން ވިއްކާނެ ކަމަށް ބުނެ މީހެއްގެ އަތުން 550،000ރ. ހޯދި އެޗްޑީސީގެ މުވައްޒަފަކަށް ދައުވާ ކުރަނީ ހުޅުމާލެއިން ބިން ވިއްކާނެ ކަމަށް ބުނެ މީހެއްގެ އަތުން 550،000ރ. ހޯދި އެޗްޑީސީގެ މުވައްޒަފަކަށް ދައުވާ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ