ތަސައްވުރަކީ ދުރުނޫން މުސްތަގުބަލެއްގައި ސިފައިންގެ ނޭވީއާއި އެއާފޯސް އުފެއްދުން: ރައީސް
ތަސައްވުރަކީ ދުރުނޫން މުސްތަގުބަލެއްގައި ދިވެހި ސިފައިންގެ ޚިދުމަތުގެ އާމީ، ނޭވީ އަދި އެއާފޯސް ގާއިމްކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއް ސިފައިންގެ 133ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ގާނޫނުން ދިވެހިރާއްޖެ ހިމާޔަތްކުރުމަށް ސިފައިންގެ މައްޗަށް ލާޒިމުކޮށްފައި ވިޔަސް އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމުވެފައި ނެތް ކަމަށެވެ. އެގޮތުން، ކޯސްޓުގާޑުގެ އުޅަނދުތައް ވެސް ހުރީ ވީރާނާވެ، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކޯސްޓުގާޑެކޭ އެއްގޮތަށް ސިފައިން ބޭނުންކުރާ އެއްގަމު އުޅަނދުތަކުގެ ހާލަތު ވެސް ހުރީ ވަރަށް ގޯސްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން ކޯސްޓުގާޑުގެ ކެޕޭސިޓީ ދެގުނައަށް އިތުރު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހި ސިފައިންގެ 133ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޕެރޭޑުގެ ތެރެއިން އަސްކަރީ އުޅަނދެއް -- ސަން ފޮޓޯ/ މޫސާ ނަދީމް އިރާދަކުރެއްވީތީ އެއްގަމުގެ ބާރުވެސް ވަރުގަދަ ކުރުމަށް، ކެޕޭސިޓީ ވަސީލަތްތައް އިތުރުކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަޅުގަނޑުމެންގެ ވާޖިބެއް. މިއީ އަޅުގަނޑުމެން ލަދުގަންނަން ޖެހޭ ކަމެއް ނޫން އޭގެއިތުރުން، ސިފައިންގެ ފެންވަރު މަތިކުރުމަށާއި ވަސީލަތްތައް ހޯދައިދިނުމާއި ބާރު ވަރުގަދަ ކުރުމަކީ ފަޚުރުވެރިވާން ޖެހޭ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ސިފައިންނަށް ތަކެތި ހޯދައިދިނުމުން ލަދު ގަންނަނަމަ ގައުމީ ލޯބި އޮތް ހިސާބެއް ދެނެގަތުމަށް އަމިއްލަ ނަފުސާ ސުވާލު ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ގައުމީ ލޯބި ހުންނަ ކޮންމެ މީހަކު ސިފައިންނަށް ސަރުކާރުން ހޯދައިދޭ ކޮންމެ ކުރިއެރުމަކަށް ފަޚުރުވެރިވާން ޖެހޭނެ ކަމަށާއި މިއީ ގައުމީ ވާހަކައެއް ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. ގައުމީ ދިފާއީ ބާރު ހިމާޔަތްކުރުމަށްޓަކައި ކުރެވޭ މަސައްކަތަަކީ ގައުމުގެ ހިމަޔަތާއި މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ގެންގޮސްދިނުމަށް ކޮށްދޭން ޖެހޭ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރައްވާފައިވެއެވެ. މިސައިލް ފޮނުވުމުގެ ގާބިލުކަންހުރި މަނަވަރެއް (މިސައިލް ބޯޓެއް) ދިވެހި ސިފައިންގެ ޚިދުމަތަށް ތައާރަފު ކުރަން ނިންމާފައި ވާކަން މިފަހުން އެމްއެންޑީއެފުން ވަނީ އިއުލާނުކޮށްފައެވެ. މިއީ ރާއްޖެއާ ތުރުކީވިލާތާ ދެމެދު ގާއިމުކޮށްފައިވާ އަސްކަރީ ގާބިލުކަން އިތުރު ކުރުމުގެ އެއްބަސްވުމެއްގެ ދަށުން ތުރުކީން ހަދިޔާކުރާ ބޯޓެކެވެ. މިކަމާ ގުޅިގެން ވަރަށް ގިނަ ފާޑުކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފައެވެ. ދިވެހި އަސްކަރިއްޔާގެ ވައިގެ ޚިދުމަތަށް ތުރުކީވިލާތުން ވަނީ ދެ އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ވެސް މިދިޔަ އަހަރު ގެނެސްފައެވެ. އެއާއެކު ވަނީ ސިފައިންގެ އެއާކޯގެ ޚިދުމަތް ވެސް ގާއިމްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ