ޤުރްއާނަށް ޢަމަލުކުރާ ވާހަކަ ބުނުމުން ގިނަބައަކަށް ވިސްނެނީ އެންމެ ރަނގަޅަކަށް ނޫނެވެ. ރަނގަޅަށް ވިސްނައިލާށެވެ! ޤާނޫނުތަކަށް ޢަމަލުކުރުމަކީ ޤާނޫނުގައިވާ ގޮތަށް ކަންކަން ކުރުންކަމަށްވާއިރު ޤުރްއާނަށް ޢަމަލުކުރުމަކީވެސް ޤުރްއާނުގައިވާ ގޮތަށް ތިމާގެ ޢަމަލުތައް ބެހެއްޓުމެވެ.
ޤުރްއާނަށް ޢަމަލުކުރުމަކީ ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ނުކުރުމާއި އެކަމެއް ކުރަން އަމުރުކުރައްވަވާފައި ކަންކަން ކުރުމެވެ. ފާފައެއް ކުރެވުނަސް ތައުބާވުމަށް އަވަސްވެގަތުމެވެ.
މިޘާލަކަށް ވައްކަން ކުރީމާ އަތްކަނޑަން ޤައުމުގެ ޤާނޫނުގައި ނެތުމަކީ ރައްޔިތުންގެ މައްސަލައެއް ނޫނެވެ. އެއީ ޤާނޫނު ހަދާ ބައެއްގެ މައްސަލައެކެވެ. ޤާނޫނުގައި ނެތިގެން އަތް ނުކަނޑާނަމަ ފާފަވެރިވާނީ ﷲ ތަޢާލާގެ ޙުކުމްފުޅަށް ގޮންޖަހައި ތަންފީޛް ނުކުރި ބައެކެވެ.
ވައްކަން ކުރުމުން އަތްކަނޑަން ޤާނޫނުގައި ނެތުމަކީ ތިމާއަށް ވައްކަންކުރަން ހުއްދަލިބޭނެ ކަމެއް ނޫނެވެ. ވައްކަންކޮށްފިނަމަ ފާފަވެރިވާނެއެވެ! ޒިނޭ ކުރުމާއި އެހެން ފާފަތައް ކުރުމުގައިވެސް އޮތީ ހަމަ މިގޮތެވެ! ޤިޔާމަތް ދުވަހު ސަލާމަތާއި ރައްކައުތެރިކަން ލިބުން އޮތީ ޤުރްޢާނަށް ޢަމަލުކުރި މީހަކަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ޤުރްއާނަށް ޢަމަލުކުރުމަކީ ކޮބާތަ؟ ޢަމަލު ނުކުރާނަމަ ކުރާނެ ފައިދާއެއް އޮންނާނެތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ