އެތުލެޓިކޯ ދަނޑުގައި ފަހަތުން އަރައި މޮޅުވެ ބާސެލޯނާ އަލުން އެއް ވަނަ އަށް އެތުލެޓިކޯ ދަނޑުގައި ފަހަތުން އަރައި މޮޅުވެ ބާސެލޯނާ އަލުން އެއް ވަނަ އަށް

މެޑްރިޑް، ސްޕެއިން (މާޗް 17) - ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ރަށުން ބޭރުގައި އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް ފަހަތުން އަރައި، 4-2 ގެ ނަތީޖާ އަކުން ކުރިހޯދައި ލީގު ތާވަލުގެ އެއް ވަނަ އަށް އަލުން ޖެހިލައިފި އެވެ.
ލީގު ތާވަލުގެ އެއް ވަނަ އަށް ބާސެލޯނާ ޖެހިލީ އެއް މެޗު މަދުން ކުޅެ 60 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 28 މެޗުން 60 ޕޮއިންޓް ވަނީ ލިބިފަ އެވެ. ބާސެލޯނާ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ލީގު ތާވަލުގެ ތިން ވަނައިގައި އެތުލެޓިކޯ އޮތީ 28 މެޗުން 56 ޕޮއިންޓާއެކުގަ އެވެ.
ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓްގައި އެތުލެޓިކޯ އަށް ލީޑު ނަގައިދިނީ ހޫލިއަން އަލްވަރޭޒް ޖެހި ގޯލުންނެވެ. އަދި މެޗުގެ 70 ވަނަ މިނިޓްގައި އެތުލެޓިކޯގެ އަލެކްސަންޑާ ސޯލޯތު ވަނީ ގޯލެއް ޖަހާ ލީޑު ފުޅާކޮށްދީފަ އެވެ.
އެކަމަކު، އޭގެ ދެ މިނިޓް ފަހުން ބާސާގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ގޯލު ޖަހައި ފަރަގު ކުޑަކުރި އެވެ. އަދި އޭގެ ހަ މިނިޓް ފަހުން ފެރަން ޓޮރޭޒް ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކުރި އެވެ.
ބާސެލޯނާ އަށް ލީޑު ނަގައިދިނީ މެޗުގެ އިތުރު ވަގުތުގައި ލަމީން ޔަމާލް ޖެހި ހިތްގައިމު ގޯލުންނެވެ. މިއީ، އޭރިއާބޭރުން ފޮނުވާލި ޝޮޓަކުން އެތުލެޓިކޯ ކުޅުންތެރިއަކު ގައިގައި ޖައްސާފައި ގޯލަށް ބޯޅަ ފޮނުވާލައިގެން ޔަމާލް ޖެހި ގޯލެކެވެ. މެޗަށް ފަހު، ޔަމާލް ވަނީ މިއީ ބާސެލޯނާ އަށް މިހާތަނަށް އޭނާ އަށް ޖަހައިދެވުނު އެންމެ މުހިންމު ގޯލަށް ވާނެ ކަމަށެވެ.
މެޗުގެ ތިން ޕޮއިންޓް ބާސެލޯނާ އަށް ޔަގީންކޮށްދިން ގޯލު ޖެހީ ފެރާން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ