175ގ ހިކި މޭބިސްކަދުރު
175ގ ހިކި ކްރޭންބެރީސް
175ގ ޕްރޫންސް
75ގ ކަދުރު
2 މޭޒުމަތީ ސަމުސާ ލުނބޯ ތޮށި (ގާނާފައި)
2 މޭޒުމަތީ ސަމުސާ އޮރެންޖް ތޮށި (ގާނާފައި)
350ގ ފުށް
2 ސައިސަމުސާ ބޭކިން ޕައުޑަރު
4 ބިސް
300ގ ބަޓަރު
300ގ ހަކުރު
½ ސައިސަމުސާ ލޮނު
ހުރިހާ ފްރުޓްތައް ފެނުކައްކާލާށެވެ. އެއަށް ފަހު ބޯތައްޓަކަށް އަޅާލާށެވެ.
ބޯތައްޓެއްގައި ފުށާއި ބޭކިން ޕައުޑަރާއި އޮރެންޖް ތޮއްޓާއި ލުނބޯ ތޮށި އަދި ލޮނު އެއްކޮށްލާށެވެ.
އެހެން ބޯތައްޓެއްގައި ހަކުރާއި ބަޓަރު އިލެކްޓްރިކް މިކްސަރަކުން ގިރާލާށެވެ. އެއަށް ފަހު ފަހަރަކު ބިހެއް އަޅާ އެއްކުރަމުން ގެންދާށެވެ. ދެން އޭގެ ތެރެއަށް ކުރިން އެއްކުރި ފުށް އަޅަމުން ގެންދާށެވެ. އަދި މަޑުމަޑުން އެއްކުރާށެވެ. ތިން މިނެޓް ވަންދެން އެއްކުރުމަށް ފަހު ފްރުޓްތައް އަޅާލާށެވެ. އަވަނުގައި 160 ޑިގްރީގައި 30 މިނެޓް ވަންދެން ފިހެލާށެވެ.
ފަސޭހަ ރެސިޕީ: މިކްސް ފުރުޓް ކޭކު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ