މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިކުރުމުން ނުވަތަ ވަކިވުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް މައްސަލަ ސުޕްރީމް ކޯޓުން އަންނަ މަހު ފަށަން ހަމަޖައްސައިފި އެވެ.
ޕާޓީން ވަކިކުރާ ނުވަތަ ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ.
އެ މައްސަލާގެ ޝަރީއަތް ފަށަން ސުޕްރީމް ކޯޓުން ތާވަލްކުރީ އަންނަ މަހުގެ 17 ވަނަ ދުވަހަށެވެ.
އެ މައްސަލާގެ ތެރެއަށް އެމްޑީޕީ އާއި ޑިމޮކްރަޓްސް ޕާޓީން ވަނީ ތަދައްހުލްވެފަ އެވެ.
އެގޮތަށް މިދިޔަ އަހަރު ގާނޫނު އަސާސީ އިސްލާހުކުރީ ވެރިކަންކުރާ ޕީއެންސީގެ މެމްބަރުންގެ ވޯޓުންނެވެ. އެ އިސްލާހާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން އިހްތިޖާޖް ވެސް ކުރި އެވެ.
ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް 2018 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެވެ. ނަމަވެސް އެ ގާނޫނު ފަހުން ވަނީ އުވާލައިފަ އެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ސުޕްރީމް ކޯޓުން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ