ލޭ އެޅުމުގެ ހިދުމަތާ ގުޅޭ ތަފާސް ހިސާބު ޑިޖިޓަލައިޒް ކޮށްފި

ލޭ އެޅުމުގެ ހިދުމަތް ފޯރުކޮށް ދޭ ސަރުކާރުގެ ހުރިހާ މަރުކަޒަކުން ދެމުންދާ ހިދުމަތްތަކުގެ ތަފާސްހިސާބުތައް ޑިޖިޓަލައިޒްކޮށްގެން ބަލަހައްޓަން ފަށައިފިއެވެ.
ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހާ ގުޅުވައިގެން މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)ގައި  ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ލޭ ބޭނުންވާ މީހުންނަށް ރައްކާތެރި ލޭ ފޯރުކޮށްދިނުމާއި ލޭ އެޅުމުގެ ފަރުވާއާ ގުޅޭ ނިޒާމު ހަރުދަނާ ކުރުމަކީ މިސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ.
ނާޒިމު ވިދާޅުވީ ލޭ އެޅުމުގެ ހިދުމަތް ފޯރުކޮށް ދޭ މަރުކަޒުތަކުން ދެމުންދާ ހިދުމަތްތަކުގެ ތަފާސް ހިސާބުތައް ޑިޖިޓަލައިޒް ކުރުމުން ލޭ ހަދިޔާ ކުރާ މިންވަރާއި، ލޭ އެންމެ ބޮޑަށް ބޭނުންވާ ހާލަތްތަކާއި، ސަރަހައްދުތައް ދެނެގަނެވޭނެ ކަމަށް ވެސް
އެގޮތަށް އެއްކުރެވޭ މައުލޫމާތުގެ ބޭނުންކޮށްގެން ދިރާސާތައް ހަރުދަނާ ކުރެވި، އެފަދަ ދިރާސާތަކުގެ އެހީގައި ރާއްޖެއަށް ބޭނުންވާ ލޭގެ ހިދުމަތުގެ ސިޔާސަތުތައް އެކުލަވާލުމަށްވެސް ފަސޭހަވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ހަދިޔާ ކުރާ ލެއަކީ ރައްކާތެރި ލޭ ކަން ޔަގީންކުރުމަށްޓަކައި ދުނިޔޭގެ އެންމެ ފަހުގެ ޓެސްޓިން މެތަޑް ބޭނުން ކުރަންވެސް ނިންމާފައިވާ ކަމަށެވެ.
މިބަދަލާ އެކު ބްލަޑް ބޭންކަށް ލޭ ހަދިޔާ ކުރާ މީހުން ކަނޑައެޅުމަށް ޑޯނާސް ކަލެކްޝަން ކްރައިޓީރިއާ އެންޑޯސްކޮށް ތަންފީޒުކުރުމުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރުގެ ތެރޭގައި ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ