މަޖީދީމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަނީ
އާންމު ދަތުރުފަތުރުތަކަށް ބުރޫއަރާ ގޮތަށް މާލޭގެ މައި މަގު ކަމަށްވާ މަޖީދީމަގުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ ވެހިކަލްތައް ޓޯކުރަން ފަށައިފި އެވެ.މިކަމާ ބެހޭ ގޮތުން ފުލުހުން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނީ މަޖީދީމަގުގައި ޕާކުކޮށްފި ނަމަ އެ ވެހިކަލެއް ދުއްވި މީހާއަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މަޖީދީމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯ ކުރަން ފެށީ މިއަދު ކަމަށެވެ."މިގޮތަށް ޓޯ ކުރާ އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރު ފަހުން،" ފުލުހުން ބުންޏެވެ.ފުލުހުން ބުނީ ގަވާއިދާ ހިލާފަށް މަޖިދީ މަގުގައި ޕާކްކުރާ ވެހިކަލްތައް ޓޯކުރަން ފެށި މަސައްކަތުގެ ދަށުން އިއްޔެ ވެސް 42 ވެހިކަލެއް ޓޯކޮށްފައިވާ ކަމަށެވެ. އެއީ 37 ސައިކަލާއި ހަތަރު ފުރޮޅުލީ ފަސް ވެހިކަލެކެވެ. ކަމަށް ބުންޏެވެ.މާލޭގެ މެދަށްވާ ގޮތަށް އޮންނަ މަޖީޖީ މަގަކީ އެ މަގުގެ ދެ ފަރާތުގައި ވެސް ޕާކު ކުރުން މަނާ މަގެކެވެ. އަދި މި މަގަކީ އަބަދު ވެސް އެންމެ ކާރޫބާރޫ ބޮޑު އެއް މަގެވެ.މާލެ އަށް ޕާކްކުރުމުގެ މައްސަލަ ވަރަށް ބޮޑުވެފައިވާ އިރު، ދާދި ފަހުން ވެސް މާލޭގެ އެކި ސަރަހައްދުތަކުން ޓޯކުރި ގިނަ އަދަދެއްގެ ވެހިކަލްތަކެއް ފުލުހުން ނައްތާލާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ