"މެތްސް ތްރޫ ސްޓޯރީސް"ގެ ނަމުގައި އެމްއެންޔޫގައި ވޯކްޝޮޕެއް ކުރިއަށްގެންގޮސްފި
"މެތް ތްރޫ ސްޓޯރީސް"ގެ ނަމުގައި މިއަދު ގައުމީ ޔުނިވާސިޓީ، އެމްއެންޔޫގައި ގައުމީ ފެންވަރުގެ ޓްރެއިނިން ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ. މި ވޯކްޝޮޕްގައި އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ރީޑިންގެ ފަރާތުން ޑރ. ނަތަޕޮޖް ވިންސެންޓް ތްރަކުލްފަޑެތްކްރައި އަދި އޭނާއާއެކު ޔުނެސްކޯއާއި ދަ އޮގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއީސީޑީ)ގައި މަސައްކަތް ކުރައްވާ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. "މެތްސް ތްރޫ ސްޓޯރީސް"ގެ ނަމުގައި އެމްއެންޔޫގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕްގެ ތެރެއިން -- އެމްއެންޔޫއިން ބުނީ، މި ޓްރެއިނިން ވޯކްޝޮޕުގައި 50އަށް ވުރެ ގިނަ ކީ އެޑިއުކޭޝަން ސްޓޭކްހޯލްޑަރުން ބައިވެރިވެފައި ވާކަމަށެވެ. އޭގެތެރޭގައި ޕްރައިމަރީ އަދި ސެކަންޑްރީ ސްކޫލުތަކުގެ ޓީޗަރުންނާއި، ޓީޗަރުން ތަމްރީނުކުރާ މީހުންނާއި، ކަރިކިއުލަމް ޑިވެލޮޕަރުންގެ އިތުރުން ތައުލީމީ ދާއިރާގެ ދެ ޑެޕިއުޓީ މިނިސްޓަރަކާއި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އިނގިރޭސި ވިލާތުގެ ސަފީރު ހިމެނެއެވެ. މި ޓްރެއިނިން ވޯކްޝޮޕުގައި ވަނީ އީޖާދީ ތަރައްގީ ބޭނުންކޮށްގެން ޚަރަދު ކުޑަ ގޮތަކަށް ހިސާބު އިލްމު ސްކޫލުތަކުގައި އުނގަންނައިދެވޭނެ ގޮތަކާމެދު މަޝްވަރާ ކޮށްފައެވެ. އެމްއެންޔޫއިން ބުނީ ހިސާބު އިލްމު އުނގަންނައިދިނުމަށް ހެޔޮ ބަދަލެއް އަންނާނެ ފަދަ އިތުރު ޕްރޮގްރާމްތައް މުސްތަގުބަލުގައި ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ