އެތައް ސަތޭކަ ފަހަރެއްގެ މަތިން ހަރުފަ ވިހަލާފައިވާ މި މީހާގެ ލޭ ބޭނުންކޮށްގެން ދިރާސާތަކެއް ހަދަނީ

އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޓީމް ފްރީޑޭގެ ލޭ ބޭނުންކޮށްގެން ހަރުފަ ވިހައަށް ބޭސްކުރެވިދާނެ ފަރުވާތަކެއް އުފެއްދުމުގެ ދިރާސާތަކެއް އެމެރިކާގެ ސައިންސްވެރިން ކުރަން ފަށައިފިއެވެ. ޓިމް ފްރީޑޭ އަކީ ވަރަށް ކުރީއްސުރެ ހަރުފަ އެއްކުރުމުގެ މަސައްކަތްކޮށް ހަރުފައި، ވިހަ އަމިއްލަ ހަށިގަނޑަށް އެތެރެކޮށް އޭގެއިން ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ މީހެކެވެ. ދުނިޔޭގެ އެންމެ ވިހަގަދަ ޖަނަވާރުންގެ ތެރޭ ހިމެނޭ ހަރުފައިގެ ވިހަ އަމިއްލަށް ހަށިގަނޑަށް ސިރިންޖެއް ބޭނުންކޮށްގެން އިންޖެކްޓް ކުރަން އޭނާ ފަށާފައި ވަނީ 2000 ވަނަ އަހަރުން ފެށިގެން އެކަމާ ބެހޭ މައުލޫމާތު އެއްކޮށް އެކަމަށް ޚާއްސަ ކްލާސްތަކެއް ނެގުމަށްފަހުގައެވެ. ޓިމް ފްރީޑޭ އޭނާގެ ލޭގެ ސާމްޕަލްތައް ތަހުލީލުކުރާ ލެބޯޓްރީއެއްގައި--ފޮޓޯ/ސީއެންއެން އެގޮތުން ޓީމް ވަނީ އެތައް ސަތޭކަ ފަހަރު މަތިން ހަރުފަ ވިހަ އިންޖެކްޓްކޮށްފައެވެ. އެހެންކަމުން ސައިންސްވެރިން މިހާރު އަންނަނީ ޓިމްގެ ހަށިގަނޑުގައިވާ ލޭ ބޭނުންކޮށްގެން ހަރުފަ ވިހަލުމާ އެކު ދިމާވާ ބަލިތަކަށް ފަރުވާއެއް ހޯދިދާނެ ގޮތްތަކެއް އޮތްތޯ ބަލަމުންނެވެ. ހަރުފަ އެއްކުރުމުގެ ކުރިން ޓިމް ވަނީ ނަގުލަންދާއްޓާއި ވިހަ ގަދަ މަކުނުތައް ވެސް ގެންގުޅެފައެވެ. ހަރުފަ ގެންގުޅެން ފެށުމަށްފަހު އޭގެ ވިހައިން ރައްކާތެރިކަން ހޯދުމަށް އެންމެ ފުރަތަމަ އޭގެ ވިހަ ހަށިގަނޑަށް އިންޖެކްޓުކުރީ ވަރަށް މަދުންނެވެ. ނަމަވެސް ފަހުން އެކަން އާދައަކަށްވެ ހަރުފަ ލައްވާ އަމިއްލަ ހަށިގަނޑަށް ވިހަ ލެއްވުމަކީ ވެސް ޓިމް އާދަވެގެން ކުރަމުން އައި ކަމެކެވެ. އެންމެ ފުރަތަމަ އޭގެ ވިހަ ހަށިގަނޑަށް އިންޖެކްޓްކުރި އިރު ކުޑަކޮށް ޖެހިލުންވެ ބިރުގަތް ކަމަށާއި ނަމަވެސް ފަހުން އެކަން އާދަވެ އެއީ ވަރަށް ބޮޑު ހިތްހަމެޖެހުމެއް ލިބޭ ކަމަކަށް ވެގެންދިޔަ ކަމަށް ޓިމް ވަނީ ބުނެފައެވެ. އެއްވެސް ޑޮކްޓަރެއް ނުވަތަ އިމަޖެންސީ މެޑިކަލް ޓެކްނީޝަނެއް ދެކޭ ގޮތުގައި މިއީ ގޭގައި އަމިއްލައަށް ކުރުމަށް ރަނގަޅު ކަމެއް ނޫނެވެ. ނަމަވެސް، މާހިރުން ބުނާ ގޮތުގައި ހަރުފައިގެ ވިހައިގައި ހުންނަ ޓޮކްސިންތަކާ، ހަށިގަނޑުގެ ދިފާއީ ނިޒާމުން ކުރިމަތިލާއިރު، އެ ވިހަ ނައްތާލެވޭ ފަދަ އެންޓިބޮޑީސް އުފައްދައެވެ. އެއީ ކުޑަ މިންވަރެއްގެ ވިހައެއްނަމަ ހަށިގަނޑަށް އެކަމާ ދެކޮޅަށް ރިއެކްޓް ކުރެވޭނެއެވެ. އަދި އެއީ ހަށިގަނޑަށް ކުރިން ދެކެފައިވާ ވިހައެއްނަމަ، އެއަށް ރިއެކްޓްކުރާ މިންވަރު މަތިވާނެއެވެ. ހަރުފަ ވިހައިގެ ސަބަބުން އަހަރެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު ޓިމް ބޭނުންވީ އޭނާގެ ލޭ ބޭނުންކޮށްގެން އެކަމަށް ފަރުވާ ހޯދޭނެ މަގު ހޯދުމަށް ކަމަށާއި އޭނާ ވަނީ އެކަމާ ގުޅޭގޮތުން ވަރަށް ގިނަ ސައިންސްޓިސްޓުންނާ މަޝްވަރާކުރުމަށް އެދިފައި ކަމަށް ވަނީ ބުނެފައެވެ. މިހާތަނަށް ޓިމްގެ ހަށިގަނޑުން ނެގި ލޭގެ ސާމްޕަލްތަކުން ކުރެވުނު ދިރާސާތައް މިދާތަކެއް ބޭނުންކޮށްގެން ތަހުލީލުކުރަމުން އަންނައިރު އިންސާނުންނަށް އިންސާނުން ބޭނުންކޮށްގެން އޭގެ އަޖުމަ ބެލުމުގެ ޓެސްޓު ބުރުތަކެއް ކުރެވޭނެ ދުވަހެއް ނޭނގޭ ކަމަށް ކޮލަމްބިއާ ޔުނިވަސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޕީޓާ ވޮންގް ވަނީ ބުނެފައެވެ. ޓިމް ފްރީޑޭގެ އުއްމީދަކީ ސައިންވެރިންގެ ދިރާސާތަކުގެ އެހީގައި ނަމަވެސް ހަރުފަ ވިހައިން ރައްކާތެރިކަން ހޯދޭނެ ބޭހެއް އީޖާދުވެގެން ދިޔުން ކަމަށާއި ނަމަވެސް ގޭގައި އަމިއްލަ ހަރުފަ ވިހަ ބޭނުން ނުކުރުމަށް ޓިމް ވަނީ އާއްމުންނަށް ނަސޭހަތްތެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ