ހިޔާގެ ހުރިހާ ފްލެޓެއްގައި އިތުރު ލިފްޓު ހަރުކޮށް މި އަހަރު ނިމޭނެ ކަމަށާއި މިހާރު ތިން ފްލެޓެއްގައި ހަރުކޮށްފައިވާ ލިފްޓުތައް އަންނަ މަހު 12ގައި ބޭނުން ކުރަން ފަށާނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ ހިޔާ ފްލެޓުގެ ޓަވަރު 1، 2 އަދި 3ގައި އިތުރު ލިފްޓު ހަރުކޮށް ނިމިފައިވާ ކަމަށާއި އެ ތިން ޓަވަރުގައި ހަރުކުރި ލިފްޓުތައް މިހާރު ޓެސްޓު ކުރަން ފަށާފައިވާ ކަމަށެވެ.
ތަފްސީލް - އެ ލިފްޓުތައް އަންނަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން އާންމުކޮށް ބޭނުން ކުރަން ފަށާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ހިޔާގައި އިތުރު ލިފްޓު ހަރުކުރަން ހަވާލުކޮށްފައިވަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާ ހަވާލުކޮށްގެންނެވެ. އެ މަޝްރޫއުގެ ދަށުން ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރާނެ އެވެ.
ހިޔާގެ 16 ޓަވަރު ހުންނައިރު ޖުމްލަ 32 ލިފްޓު ހަރުކުރާނެ
އެއީ ކޮންމެ ފްލެޓަކަށް އިތުރު ޕެސެންޖާ އަދި ސްޓްރެޗާ ލިފްޓެއް
މަޝްރޫއުގެ އަގަކީ 18 މިލިއަން ޑޮލަރު (278.3 މިލިއަން ރުފިޔާ)
އިތުރު ލިފްޓްތައް ހަރުކުރަނީ ލޮބީ އޭރިއާގައި އިތުރު ދަގަނޑު ސްޓްރަކްޗާއެއް ހަދައިގެން
ފާހަގަކޮށްލެވޭ - ހިޔާ ޓަވަރުތަކުގައި މީހުން ދިިރިއުޅެން ފެށިއިރު، ލިފްޓުތައް ތޮއްޖެހި، އަރާފޭބުން ލަސްވާތީ ވަރަށް ބޮޑަށް ޝަކުވާތައް ފެންމަތިވި އެވެ.
ޖުމްލަ 25 ބުރިއަށް ހަދާފައިވާ 16 ޓަވަރުގައި 25،000އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އިރު، އެ ޓަވަރުތަކުގައި ހަރުކޮށްފައިވަނީ ޓަވަރެއްގައި ތިން ލިފްޓު އަދި ޖުމްލަ 54 ލިފްޓެވެެ.
ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކޮށް މި އަހަރު ނިންމާނެ: އެޗްޑީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ