ސިކްސް ސެންސަސް ލާމު ރިސޯޓުގެ ޖެނެރަލް މެނޭޖަރު (ޖީއެމް) މާޓިން ވެން ވެލް އަށް ފެބްރުއަރީ 2، ގައި ހަމަލާދިން ހަތިޔާރު ފެނުނު ނަމަވެސް، އެ މައްސަލައިގައި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކުރަން ޖެހޭ ތަހުގީގު އަދިވެސް ކުރަމުންދާ ކަމަށާއި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި މާޓިންއަށް ހަމަލާދިން ހަތިޔާރު ވަނީ ފެނިފަ އެވެ.
މާޓިން ބައިސްކަލެއްގައި ދުއްވާފައި ދަނިކޮށް ހަމަލާދިނީ ފަހަތުން އައި މީހަކު ބޮލުގައި ޖަހައި މާރާމާރީ ހިންގައިގެން ކަމަށެވެ. އޭނާއަށް ހަމަލާދިނީ އެ ރިސޯޓުގަ އެވެ.
އެ ހަމަލާގައި މާޓިންއަށް އަނިޔާވެގެން ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނެވެ.
ހޮޓެލިއާ މޯލްޑިވްސް އިން މި އަހަރު ހޮވާ އެންމެ މޮޅު ޖީއެމްގެ މަގާމަށް މާޓިން ވަނީ ނޮމިނޭޓްވެފަ އެވެ. އޭނާއާ އެކު ހަ މީހަކު އެ އެވޯޑަށް ވާދަ ކުރެ އެވެ.
ސިކްސް ސެންސަސް ލާމުގެ ޖީއެމްއަށް ހަމަލާދިން ހަތިޔާރު ފެނުނު ނަމަވެސް މީހަކު ހައްޔަރެއް ނުކުރޭ ސިކްސް ސެންސަސް ލާމުގެ ޖީއެމްއަށް ހަމަލާދިން ހަތިޔާރު ފެނުނު ނަމަވެސް މީހަކު ހައްޔަރެއް ނުކުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ