މިއަހަރު ސިޔާސީ ޕާޓީތަކަށް ބަޖެޓުން ދޭ ފައިސާގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބެނީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ. އެއީ، 13.3 މިލިއަން ރުފިޔާ އެވެ.
ވީ ކިހިނެއް؟ - އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ 10،000 މެންބަރުން ހަމަވެގެން މިއަހަރު ބަޖެޓުން ފައިސާ ލިބޭ ޕާޓީތައް ކަނޑައަޅައި އޭގެ ތަފްސީލް އާންމުކޮށްފަ އެވެ. އެގޮތުން:
ފައިސާ ދެނީ ރައްޔިތުން މަޖިލީހުން ބަޖެޓް ފާސްކުރި ދުވަހާ ހަމައަށް 10،000 މެންބަރުން ހަމަވި ޕާޓީތަކަށް
މިއަހަރު ސިޔާސީ ޕާޓީތަކަށް ޖުމްލަ 28 މިލިއަން ރުފިޔާ ބަޖެޓުން ދޫކުރާނެ
ތަފްސީލް - އީސީން މިއަދު ބުނި ގޮތުގައި އެ ފައިސާ ދޭން ނިންމާފައި ވަނީ ފަސް ޕާޓީއަކަށެވެ. އެންމެ މެންބަރުން ގިނައީ ޕީއެންސީގައި ކަމަށްވުމުން އެންމެ ގިނަ ފައިސާ ލިބެނީ އެ ޕާޓީއަށެވެ. ދެން އެމްޑީޕީއަށެވެ. އެގޮތުން:
ޕީއެންސީ: 68،968 މެންބަރުން؛ 13.3 މިލިއަން ރުފިޔާ
އެމްޑީޕީ: 43،755 މެންބަރުން؛ 8.5 މިލިއަން ރުފިޔާ
ޖުމްހޫރީ ޕާޓީ: 13،826 މެންބަރުން؛ 2.7 މިލިއަން ރުފިޔާ
އެމްޑީއޭ: 9،210 މެންބަރުން؛ 1.8 މިލިއަން ރުފިޔާ
އަދާލަތު ޕާޓީ: 9،049 މެންބަރުން؛ 1.7 މިލިއަން ރުފިޔާ
މިއީ ޕާޓީތަކުން ދައްކަންވެފައި ހުރި ޖޫރިމަނާގެ ފައިސާ ކެނޑުމަށް ފަހު އެ ޕާޓީތަކަށް ދޫކުރަން ނިންމި ފައިސާ އެވެ. އެ ފައިސާ އަދި ދޫކުރާނޭ ސީދާ ތާރީހެއް އިލެކްޝަންސް އިން އަދި ނުބުނެ އެވެ.
ގުޅުންހުރި - ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ މެންބަރުން ގިނަ ޕާޓީއަށް ޕީއެންސީވެ ބަޖެޓުން އެންމެ ބޮޑު އަދަދެއްގެ ފައިސާ ލިބޭއިރު އެ ޕާޓީއަށް މެންބަރުން އިތުރުކުރި ގޮތާ މެދު ޝަކުވާތައް ބޮޑުވި އެވެ. އެގޮތުން:
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގައި ހުރި އާންމުންގެ މައުލޫމާތު ބޭނުންކޮށް އެ ޕާޓީއަށް މީހުން ވަގަށް ވެއްދި ކަމަށް ވަނީ ތުހުމަތުކޮށްފައި
އަދި ހޯމް މިނިސްޓްރީ އާއި ޑީއާންއާރުގެ އޮފީސް ތެރޭގައި ޕާޓީ ފޯމްތައް ފުރި މައްސަލަ ވެސް ފެންމަތިވި
އެހެން ނަމަވެސް އެ ޕާޓީން އެ ތުހުމަތުތައް ދޮގުކޮށްފައިވެ އެވެ.
އީސީން ވެސް މިދިޔަ ފެބުރުއަރީގައި ބުނެފައި ވަނީ ވަގު ފޯމް ހުށަހަޅައިގެން ޕާޓީތަކަށް ވެއްދި ކަމަށް ބުނެ 700 ޝަކުވާ ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން %63 ޝަކުވާއަކީ ޕީއެންސީގެ ފޯމްތަކާ ގުޅޭ ޝަކުވާ ކަަމަށެވެ.
ބަޖެޓުން އެންމެ ގިނަ ފައިސާ ޕީއެންސީއަށް؛ 13 މިލިއަން ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ