މާލެ އަތޮޅު ރިސޯޓެއްގެ ވޯޓާ ވިލާ ކައިރިން ކިނބުލެއް ފެނިއްޖެ!

މާލެ އަތޮޅު ރިސޯޓެއްގެ ވޯޓާ ވިލާ ކައިރިން ކިނބުލެއް ފެނިއްޖެއެވެ.
މި ކިނބޫ ފެނިފައިވަނީ، ވަރު - ބައި އެޓްމޮސްފިއާ ރިސޯޓު ވޯޓާ ވިލާ ކައިރިންނެވެ.
އެމްއެންޑީއެފުން ”ވޮއިސް“ އަށް މައުލޫމާތު ދެމުން ބުނީ އެ ރިސޯޓުން ކިނބުލެއް ފެނިގެން ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. 
Advertisement
ނަމަވެސް، އެ ކިނބޫ އަދި ހިފިފައި ނުވާ ކަމަށާ، ހިފުމުގެ މަސައްކަތް މިވަގުތުވެސް ކުރަމުންދާ ކަމަށް ބުނެފައުވެއެވެ.
މި ކިނބޫ އެ ރިސޯޓުގެ މޫދާ ދިމާ ބޭރުގައި ޖަހާފައިވާ ހިލަ ގައު ތަކުގެ ތެރޭގައި އުޅެމުންދާ ވީޑިއޯ މީސްމީޑިއާގައި އަންނަނީ ދައުރު ވަމުންނެވެ. 
ފެންނަ ފެނުމަަށް އޭގައި ގާތްގަނޑަކަށް 5-6 ފޫޓު ހުންނާނެ ކަމަށް ލަފާކުރެވެއެވެ.
ތަފްސީލް އަންނަނީ…
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ