ކާނާ ވިހަވެގެން ގެންދިޔަ ބިދޭސީން ހޮސްޕިޓަލުން ދޫކޮށްލައިފި

ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ތިބި ބިދޭސީންތަކެއް، ކާނާ ވިހަވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފި އެވެ.
ވީކިިހިނެއް؟ - ހުޅުމާލެ ހޮސްޕިޓަލުން ބުނީ ރޭ ކާނާ ވިހަވެގެން އެމްބިއުލާންސްގައި އެމަޖެންސީގައި އެ ހޮސްޕިޓަލަށް ގެންދިޔައީ 19 ބިދޭސީއެއް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:
16 ފިރިހެނުން
3 އަންހެނުން
ތަފްސީލް - ހުޅުމާލެ ހޮސްޕިޓަލުން ބުނީ ފަރުވާ ދިނުމަށް ފަހު މިއަދު ހެނދުނު އެ އެންމެން ދޫކޮށްލާފައިވާ ކަމަށެވެ. މިހާރު އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް ބުންޏެވެ.
ނަމަވެސް އެ މީހުން ކާނާ ވިހަވީ ކޮން ކާނާއަކުން ކަމެއް، ކިހިނެއް ވެގެން ކަމެއް އަދި ސާފެއް ނުވެ އެވެ.
ރޭ މި ބިދޭސީން ހޮސްޕިޓަލަށް ވެއްދި ވަގުތު ފުލުހުން ވަނީ ހޮސްޕިޓަލް ކުރިމަތީ ކޯޑަން ދަމައި، އެ ސަރަހައްދަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފަ އެވެ.
ފާހަގަކޮށްލެވޭ - އެ ކަން ހިނގައިދިޔަ ގޮތް ބަލަމުން އަންނަ ކަމަށް ފުލުހުން އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވެސް ވަނީ ބުނެފަ އެވެ.
އެނގުން މުހިއްމު - ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި އާއްމުކޮށް ބައިތިއްބަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރާއްޖޭން ފޮނުވާލެވެންދެކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ