އެމްއައިބީން ބިންގާ އެކައުންޓް ކަސްޓަމަރުންނަށް މާހެފުމެއް ބާއްވައިފި އެމްއައިބީން ބިންގާ އެކައުންޓް ކަސްޓަމަރުންނަށް މާހެފުމެއް ބާއްވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ކުޑަކުދިންނަށް ހާއްސަ އެކައުންޓް، ބިންގާ އެކައުންޓުގެ ކަސްޓަމަރުންނަށް ހާއްސަކޮށް އިއްޔެ މާހެފުމެއް ބާއްވައިފި އެވެ.
މާހެފުމުގެ ތެރެއިން ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާގެ ހާއްސަ "އާސްކް ޑރ. ޒެކް" ގެ ނަމުގައި ކުދިންނަށް ދީ، ކުޑަކުދިންނަށް ބޭނުންވާ ފައިދާ ހުރި އެހެން މައުލޫމާތުތައް ވެސް ދީފައިވެ އެވެ.
މީގެއިތުރުން އެ އިވެންޓުގެ ތެރެއިން ކުޑަކުދިންނަށް ހާއްސަކޮށް އެކި ކުޅިވަރުތައް ވެސް ގެންދިޔަ އެވެ.
އެމްއައީބީގެ ބިންގާ އެކައުންޓަކީ އެބޭންކުން ކުޑަ ކުދިންނަށް ފަހަށް ރައްކާކުރުމަށް އިޖާދީ ބަދަލެއް ގެނެސް ތައާރަފްކުރި އެކައުންޓެކެވެ. އެ އެކައުންޓުގައި ކޮންމެ ކުއްޖަކަށް ވެސް ތިން އެކައުންޓު ލިބޭނެ އެވެ. އެއީ ބިންގާ ޓްރާންސެކްޝަން އެކައުންޓަކާއި ބިންގާ ސޭވިން އެކައުންޓަކާއި ބިންގާ އިންވެސްޓް އެކައުންޓެވެ.
ެމްއައިބީން ބިންގާ އެކައުންޓް ކަސްޓަމަރުންނަށް މާހެފުމެއް ބޭއްވުން -- ފޮޓޯ؛ އެމްއައިބީ
ބިންގާ ޓްރާންސެކްޝަން އެކައުންޓަކީ ކުދިންނަކީ މާލީ ގޮތުން ޒިންމާދާރު ޒަމާނީ ވަސީލަތްތަށް ބޭނުންކުރުމަށް އާދަވެފައިވާ ކުދިބަޔަކަށް ހަދައިދޭނެ އެކައުންޓެކެވެ. އެ އެކައުންޓުން ކުދިންނަށް ހަތް އަހަރު ފުރުމުން ކޭޝް ކާޑަކާއި އިންޓަނެޓް ބޭންކިންއަށް އެކްސެސް ލިބޭނެ އެވެ.
ބިންގާ ސޭވިން އެކައުންޓަކީ ކުދިން ފަހަށް ފައިސާ ރައްކާކުރުމުގެ އާދަ އަށަގަންނަވަން ވަރަށް އެކަށޭނަ އެކައުންޓެކެވެ. މި އެކައުންޓަކީ ކުރުމުއްދަތަކަށް ފައިސާ ރައްކާކުރުމަށް ހާއްސަ އެކައުންޓެކެވެ.
ބިންގާ އިންވެސްޓްމަންޓް އެކައުންޓަކީ ދިގު މުއްދަތަކަށް ފައިސާ ރައްކާކުރުމަށް ހާއްސަ އެކައުންޓެކެވެ. އެގޮތުން ކުއްޖާއަށް 18 އަހަރު ފުރުމުން އިތުރަށް ކިޔެވުމަށް ނުވަތަ އެޕާޓްމަންޓެއްގެ ޑައުން ޕޭމަންޓް ދެއްކުންފަދަ ކަންކަމަށް ފައިސާ ރައްކާކުރުމަށް އެ އެކައުންޓް ބޭނުންކުރެވިދާނެ އެވެ.
އެ އީޖާދީ ބަދަލާއި އެކު ކުދިން މާލީ ގޮތުން ޒިންމާދާރު ބަޔަކަށް ހެދުމަށް އިތުރު ބާރަކަށް ވާނެ އެވެ. އެމްއައިބީއިން މިފަދަިއން ހިންގާ ހަރަކާތްތަކުގެ މައިގަނޑު ބޭނުމަކީވެސް އެކަމަށް ބާރު އެޅުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ