ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އައްޔަންކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ގާނޫނީ ވަކީލު މުހައްމަދު ސަމީރު އެ ކޮމިޝަނުން ވަކިކޮށް އެ މަގާމަށް ޔަޒްމީދު މުހައްމަދު އައްޔަނުކޮށްފި އެވެ.
ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު އޮންނަ ޖޭއެސްސީއަށް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެމަނިކުފާނުގެ މެންބަރެއްގެ ގޮތުގައި ސަމީރު އައްޔަނުކުރީ ނޮވެމްބަރު 23، 2023 ގަ އެވެ.
ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި އޭނާ ވަކިކުރުމަށް ފަހު ޖޭއެސްސީގައި ރައީސް ތަމްސީލު ކުރުމަށް ޔަޒްމީދު އައްޔަނުކޮށް މަގާމުގެ ފަތްކޮޅު އޭނާއާ ވަނީ ހަވާލުކޮށްފަ އެވެ.
އޭނާއަކީ މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުގެ ގޮތުގައި އުފަން ރަށް ކަމަށްވާ ގއ. ވިލިނގިލީ ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓެވެ.
ޔަޒްމީދަކީ އެކައުންޓަންޓެކެވެ. އޭނާ ވަނީ އޮޑިޓު މެނޭޖަރެއްގެ ގޮތުގައި އޮޑިޓު އޮފީހުގައި 12 އަހަރު މަސައްކަތް ކުރައްވާފަ އެވެ. އެއަށްފަހު ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކޮމިޝަނަރެއްގެ މަގާމު ވެސް އޭނާ ފުރުއްވި އެވެ.
ޖޭއެސްސީއަކީ ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުމާއި މަގާމުގެ ކުރިއެރުންތައް ދިނުމުގެ ބާރުތަކާ އެކު އޮންނަ މުއައްސަސާ އެވެ. އެ ކޮމިޝަނުގެ އެކުލެވުން އޮންނަ ގޮތް ބަޔާންކޮށްފައިވަނީ ގާނޫނު އަސާސީގަ އެވެ.
ޖޭއެސްސީގައި ތިބެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުން ކަނޑައަޅާ މަޖިލީހުގެ މެންބަރަކާއި މަޖިލީހުން ކަނޑައަޅާ އާންމު މީހަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓު ފަނޑިޔާރަކާއި ދަށު ކޯޓު ފަނޑިޔާރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ވަކީލުން ތަމްސީލްކުރަން މެންބަރެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރަކާއި ބަންޑާރަ ނައިބު ވެސް އިންނަވަ އެވެ.
ސަމީރު ވަކިކޮށް ޖޭއެސްސީއަށް ރައީސްގެ ފަރާތުން ޔަޒްމީދު އައްޔަނުކޮށްފި ސަމީރު ވަކިކޮށް ޖޭއެސްސީއަށް ރައީސްގެ ފަރާތުން ޔަޒްމީދު އައްޔަނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ