ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ އެމްއެމްއޭގެ ގާނޫނުގައި ބުނާ މަގްސަދުތައް ހާސިލުކުރުމަށް އެކަށީގެންވާ ގޮތަކަށް މަސައްކަތް ނުކުރުމެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އިމާދު މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހެޅުއްވީ، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަތީފު މުހައްމަދެވެ.
މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވި ސިޓީގައި އިމާދު ވަކިކުރުމަށް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވިދާޅުވެފައިވަނީ ގައުުމުގެ އިގްތިސާދު ނިކަމެތިވެގެން ދިޔައިިރު އެމްއެމްއޭގެ ގާނޫނުގައި ބުނާ މަގްސަދުތައް ހާސިލުކުރުމަށް އެކަށީގެންވާ ގޮތަކަށް މަސައްކަތް ނުކުރާ ކަމަށެވެ. އެ ސިީޓީގައިވާ ގޮތުން ޑެޕިއުޓީ ގަވަރުނަރަކީ ވެސް ގަވަރުނަރާ އެއްހަމައެއްގައި އެ ޒިންމާތައް އުފުލަންޖެހޭ ފަރާތެއް ނަމަވެސް، އެ ޒިންމާތައް އަދާކުރެއްވުމަށް މަސައްކަތް ކުރައްވާފައިވާކަން އެނގެން ނެތް ކަމަށް ބުނެފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޑެޕިއުޓީ ގަވަރުނަރު އިމާދު މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ