ކުރީ ސަރުކާރުން އާންމުކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ 4،000 ހައުސިން ޔުނިޓު މަޝްރޫއުގެ މަސައްކަތާމެދު ހިތްހަމަޖެހޭ ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފުލެޓުތައް އަޅާ ސަރަހައްދަށް ވަޑައިގެން، މަޝްރޫއު ކުރިޔަށްދާ ގޮތް ބައްލަވާލައްވައިފައެވެ. އެ ޒިޔާރަތުގައި މުއްތަލިބާއި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލްވެސް ބައިވެރިވެވަޑައިގަތެވެ.
އެ ސަރަހައްދުގައި ހުންނަވައިގެން މީޑީއާތަކަށް މަޢުލޫމާތުދެއްވަމުން ވަޒީރު މުއްޠަލިބު ވިދާޅުވީ، މި ސަރުކާރު ޙަވާލުވީއިރު މަޝްރޫޢުގެ ސްޕީޑު ހުރި މިންވަރާއި އަޅާބަލާއިރު، މިހާރު ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. އެގޮތުން އިމާރާތުގެ ތެރޭގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްހެން މިހާރު ނިމިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، މި 4000 ފްލެޓުގެ މަސައްކަތު ސްކޯޕުގައި ޓަވަރުތަކަށް ބޭނުންވާ ފެނާއި ނަރުދަމާ ފަދަ ޔޫޓިލިޓީ ޚިދުމަތްތައް ގުޅައިދިނުން ހިމަނާފައި ނުވާކަމަށެވެ. އެހެންކަމުން ވަކި މަޝްރޫޢެއްގެ ގޮތުގައި ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސީއާ ޙަވާލުކޮށްގެން އެ މަސައްކަތްތައް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ ފްލެޓްތަކުގެ މަސައްކަތް ނިމެމުންދާ މިންވަރަކަށް ފްލެޓްތައް ލިބުނު ފަރާތްތަކާއެކު އެގްރީމަންޓް ހަދާ މިތަންތަން ދޫކުރުމުގެ މަސައްކަތް ޖުލައިމަހުގެ ތެރޭގައި ފެށިގެންދާނެކަމަށެވެ.
“އުއްމީދު މިކުރަނީ މިހާރު މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރުގައި ސެޕްޓެމްބަރުމަހުގެ ނިޔަލަށް 4000 ފްލެޓް ލިބުނު ފަރާތްތަކާ އެ ފްލެޓްތައް ޙަވާލުކޮށް އެ ތަންތާނގައި އެބޭފުޅުން ދިރިއުޅެން ފަށާނެކަމަށް.” ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރައީސް އެފްޑީސީގެ ފުލެޓު ސަރަހައްދަށް ވަޑައިގަތީ، އެ ފްލެޓުތައް ހައްގުވެރިންނަށް ހަވާލު ކުރުމަށް ޓަކައި ކުރެވެމުންދާ މަސައްކަތަކަށް ހިތްވަރު ދެއްވައި އެ ކަންކަމަށް ބާރު އެޅުއްވުމަށް ކަމަށެވެ. އަދި އެ ޒިޔާރަތުގެ އެންމެ މުހިންމު ބޭނުމަކީ ރައްޔިތުންނަށް އެ ފުލެޓުތައް ހަވާލުކުރުން ލަސްވެދާނެ ފަދަ އެއްވެސް ކަމެއް އޮތްތޯ ބައްލަވައި، އެ ކަންކަން ހައްލުކޮށްދެއްވުން ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
އެފްޑީސީގެ 4000 ފްލެޓުގެ މަސައްކަތް ނިންމާ ޖުލައިމަހު ޙަވާލުކުރަން ފަށަނީ ބޭސް ލިބުމުގައި އޮތް ދަތިތައް ހައްލުކުރުމަށް ކުރި މަސައްކަތުގެ ނަތީޖާ ރަނގަޅު: މިނިސްޓަރު ޖެމްކިޔުއިން ފައިސާ ނުނެގޭ ގޮތް ހަދައިފި ނައިބު ރައީސްގެ އަރިހަށް ޗައިނާ ސަފީރު، އިޙުތިރާމު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ