ކާނީ ހޮޓަލްސްއިން ޒަމާނީ އިވެންޓް ހޯލެއް ހުޅުވައިފި

ފުޅާ ދާއިރާއެއްގައި ސިޓީ ހޮޓާ ހިންގުމުގެ ވިޔަފާރި ކުރާ ކާނީ ހޮޓަލްސް އެންޑް ރިސޯޓްސްއިން މާފުށީގައި، އެންމެ ޒަމާނީ ވަސީލަތްތަކާ އެކު އާ އިވެންޓް ހޯލެއް ހުޅުވައިފި އެވެ. 
ވީ ކިހިނެއް؟ - "ކަސްތޫރީ މާލަމް" ގެ ނަމުގައި ކާނި ހޮޓަލްސްގެ އާ އިވެންޓް ހޯލް ހުޅުވާފައި ވަނީ މާފުށީގައި އެ ކުންފުނިން ހިންގާ، ކާނީ ޕާމް ބީޗް ހޮޓަލްގެ ހަތް ވަނަ ފަންގިފިލާގައި އެވެ.
އެ ހޯލުގެ ފުރަތަމަ ހަރަކާތެއްގެ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ވަނީ ނޭޝަނަލް ހޮޓަލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްޖީއޭއެމް)ގެ އަހަރީ އާންމު ޖަލްސާ 70 މީހުންނާ އެކު ބާއްވައިފަ އެވެ. 
ތަފްސީލް - ގޮނޑުދޮށުގެ ހިތްގައިމުކަން ވަށައިގެން ފެންނަ ގޮތަށް ފަރުމާކޮށްފައިވާ އެ ކޮންފަރެންސް ހޯލުގައި 120-220 މީހުންނާ ހަމައަށް ތިބެވޭނޭ ކަމަށް ކާނި ހޮޓަލްސްއިން ބުންޏެވެ. އަދި އެ ހޯލް ހަދާފައި ވަނީ ލެޑް ސްކްރީން ސިސްޓަމާއި ކޮންފަރެންސް ތަކަށް ހާއްސަ އޯޑިއޯ ވިޝުއަލް ހިދުމަތްތަކާ އެކު އެވެ. މީގެ އިތުރަށް: 
މާފުއްޓަށް ދިޔުމަށް ދަތުރުފަތުރުގެ ހިދުމަތާއި ކޭޓަރިންގެ ހިދުމަތް ވެސް ލިބޭނެ 
ބުނީ ކީކޭ؟ - ކާނި ހޮޓަލްސްއިން ބުނީ އެ ކޮންފަރެންސް ހޯލަކީ އިވެންޓުތަކާއި ބައްދަލުވުންތައް ބޭއްވުމަށް ހާއްސަކޮށްފައިވާ މައިސް ޓޫރިޒަމް ރާއްޖޭގައި ކުރި އެރުވުމަށް އެ ކުންފުނިން ފެށި މުހިންމު މަސައްކަތެއް ކަމަށެވެ.
"ކަސްތޫރީ މާލަމާއެކު އަޅުގަނޑުމެންގެ ހިދުމަތްތައް އިތުރަށް ފުޅާކުރެވުނުކަމީ ވަރަށް އުފާކުރާ ކަމެއް. މި ކޮންފަރެންސް ހޯލަކީ ވިޔަފާރީގެ ބައްދަލުވުންތަކާއި ހާއްސަ މުނާސަބަތުތަކަށް އެކަށޭނަ، ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ތަނަކަށް ހެދުމަށް އަޅުގަނޑުމެން ކުރި މަސައްކަތުގެ ނަތީޖާއެއް،" ކާނި ހޮޓަލްސްގެ ސީއީއޯ އަދި އެމްޑީ އަބްދުﷲ ނަޝީދު ވިދާޅުވި އެވެ.
ބުކް ކުރާނީ ކިހިނެއް؟ - ކަސްތޫރީ މާލަން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރުރުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ