ހުޅުމާލޭ ޖަލާ އިންވެގެން އޮތް ބިން ކަރެކްޝަންސްއަށް

ހުޅުމާލޭ ޖަލާ އިންވެގެން އޮތް ބިން ކަރެކްޝަނަލް ސާވިސްގެ ބޭނުމަށް ވަގުތީ ގޮތުން ދޭން އެއްބަސްވެފައިވާ ކަމަށް ހޯމް ލޭންޑް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން މިރޭ އެކްސްގައި ވިދާޅުވި ގޮތުގައި، އެޗްޑީސީން ބިން ދޭން އެއްބަސްވީ ސެންޓްރަލް ޖަލު ނުވަތަ މައި ޖަލުގެ މަސައްކަތް ނިމި، އެހެން ޖަލުތައް އެ ތަނަށް ބަދަލުކުރެވެންނެވެ.
ތަފްސީލް - މައި ޖަލު ހަދަން ސަރުކާރުން ނިންމާފައިވަނީ ކ. އުތުރުތިލަފަޅުގަ އެވެ. އެ ތަން ތަރައްގީ ކުރަނީ ކުޑަކުދިންގެ އިސްލާހީ ސެންޓަރު ނުވަތަ 'ހޯޕް އައިލެންޑް'ގެ ގޮތުގަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ރައީސް މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ޖަލުތަކަށް ކުރާ ހަރަދު ކުޑަކުރުމާއި ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، މައްސަލައަށް ދާއިމީ ހައްލެއް ގެނައުމެވެ.
އެނގުން މުހިއްމު - ރާއްޖޭގައި މިހާރު ތިން ޖަލެއް ހިންގަ އެވެ. އެއީ:
ހުޅުމާލޭ ޖަލު 
ކ. މާފުށީގައި ހިންގާ މާފުށި ޖަލު 
ކ. ހިންމަފުށީގައި ހިންގާ އައްސޭރި ޖަލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ