އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުން ރާއްޖޭގައި ހުންނަވާ އެމެރިކާގެ ސަފީރު ހޫގޯ ޔޮންއާ ބައްދަލު ކުރައްވައިފި އެވެ.
އީސީގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގަތީ ރައީސް މުހައްމަދު ޒާހިރު އާއި ނައިބު ރައީސް އަބްދުއްރަހުމާ ސަލާހު ރަޝީދުގެ އިތުރުން ކޮމިޝަނަރު އަބްދުލްހަސީބު އިސްމާއީލް އެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި މި ބައްދަލުވުމުގައި އިންތިހާބުތަކާ ގުޅޭ ގޮތުން އެއްބާރުލުން އިތުރުކުރުމާއި، ކޮމިޝަނުގެ ގާބިލުކަން އިތުރުކުރުމަށާއި ޑިމޮކްރެޓިކް ހަމަތައް ކުރިއެރުވުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ މެދު ވަނީ މަޝްވަރާކޮށްފަ އެވެ.
އޭގެ އިތުރުން، ދެ ފުށް ފެންނަ، އެންމެންގެ ބައިވެރިވުން ހިމެނޭ އިތުބާރު ހިފޭ އިންތިހާބުތައް ބާއްވައި މިހާރު ވެސް އެ ކޮމިޝަނާއި އެމެރިކާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ދެ ފަރާތުން ވެސް އެެއްބަސްވި ކަމަށް އީސީން ބުނެފައިވެ އެވެ.
ރާއްޖޭގައި ދެން އެންމެ އަވަހަށް އޮންނާނީ އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބެވެ. ރާއްޖޭގައި މިނިވަން އިންތިހާބުތައް ބާއްވަން ފެށި ފަހުން ހުރިހާ އިންތިހާބެއްގައި ވެސް އޮބްޒާވަރެއްގެ ގޮތުގައި އެމެރިކާއިން ހަރަކާތްތެރިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން އެމެރިކާ ސަފީރު ހޫގޯ ޔޮންއާ ބައްދަލުކޮށްފި އިލެކްޝަންސް ކޮމިޝަނުން އެމެރިކާ ސަފީރު ހޫގޯ ޔޮންއާ ބައްދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ