އޭޕްރީލް 18، ގައި މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހައްޔަރު ކުރި ރައުދު އަހުމަދު ޒިލާލް އަނެއްކާ ވެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި އެވެ.
އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަނެއްކާ ވެސް ރައުދު ހައްޔަރުކުރީ އިޖުރާއަތްތައް ފުރިހަމަ ކުރުމަށެވެ.
ރައުދު، 21، ދޫކޮށްލީ ފުލުހުން އަމިއްލައަށް މިއަދު ހެނދުނު 11:00 ހާއިރު އެވެ. ރައުދު ބަންދުން ދޫކޮށްލި އިރު، އޭނާ ބަންދު ކުރަން ދަށު ކޯޓުން ނެރުނު އަމުރު އިސްތިއުފާނު ކުރުމުން މިއަދަށް އޮތީ ހައި ކޯޓުގައި އަޑުއެހުމެއް ތާވަލުކޮށްފަ އެވެ. އެ އަޑުއެހުން ތާވަލުކޮށްފައި އޮތީ 10:00 އަށެވެ.
ރައުދު ހައްޔަރު ކޮށްފައި ވަނީ ޔުމްނު ވެއްޓުނުތާ ހަ ދުވަސް ފަހުން އޭޕްރީލް 24، ގަ އެވެ. އެކަމަކު، ރައުދު ހައްޔަރު ކުރުމުގެ އަމުރެއް އޭގެ ކުރިން ހަމަ ޔުމްނު ވެއްޓުނު ދުވަހު ވެސް ދަށު ކޯޓުން ނެރުނެވެ. ނަމަވެސް އެ އަމުރު ފުލުހުން ތަންފީޒެއް ނުކުރެ އެވެ.
ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ، ޔުމްނު ވެއްޓުމުގައި އެހެން އެއްވެސް މީހެއްގެ ބައިވެރިވުމެއް އޮތް ކަމަށް ނުބެލެވޭ ކަމަށެވެ. އެކަމަކު ރައުދު ހައްޔަރު ކުރުމަށްފަހު ފުލުހުން ބުނީ ޔުމްނު ވައްޓާލުމުގައި ރައުދުގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ޔުމްނު ވެއްޓުނުކަން ރައުދަށް އެނގޭ ކަމަށް ވެސް ފުލުހުން ތުހުމަތު ކުރި އެވެ.
ތަފްސީލް އަންނަނީ
ކޯޓު އަމުރެއްގެ ދަށުން އަނެއްކާވެސް ރައުދު ހައްޔަރުކޮށްފި ކޯޓު އަމުރެއްގެ ދަށުން އަނެއްކާވެސް ރައުދު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ