'ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025' އަންނަ މަހުގެ 14ގައި ބާއްވަނީ

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ، ވިޔަފާރިތައް އެއް ތަންވެގެން ވާހަކަ ދެކެވޭ ބީޓުބީ ހޮސްޕިޓާލިޓީ މީޑިއާ ގްރޫޕް ހޮޓެލިއާ މޯލްޑިވްސް އިން ދޭ 'ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025' އަންނަ މަހުގެ 14ގައި ބާއްވަން ނިންމައިފިއެވެ. މި އެވޯޑު ހަފުލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ބާސެލޯ ނަސަންދުރަ މާލޭ ހޮޓަލުގައެވެ. ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި މަގުބޫލު ހޮސްޕިޓަލިޓީ މަޖައްލާ ކަމަށްވާ ހޮޓެލިއާ މޯލްޑިވްސްއިން މި އަހަރުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން، ޖުމްލަ 450އަށް ވުރެ ގިނަ ފަރާތުގެ ހުށަހެޅުން ލިބިފައި ވާކަމަށް އެ ގުރޫޕުން ވަނީ ބުނެފައެވެ. އެ ގުރޫޕުން ބުނީ އެ ހުށަހެޅުންތައް ހަ ފަނޑިޔާރުންގެ ޕެނަލަކުން ވަޒަންކޮށް މާކްސް ދިނުމަށްފަހު، އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅާނީ 60 ޕަސެންޓު ފަނޑިޔާރުންގެ މާކްސްއާއި 40 ޕަސެންޓް އާންމުންގެ ވޯޓުން ކަމަށެވެ. ބެސްޓްބައި މޯލްޑިވްސް (ބީބީއެމް)ގެ ޓައިޓަލް ސްޕޮންސަޝިޕްގެ ދަށުން މި އަހަރު ބާއްވާ އެވޯޑަށް އަލަށް ހަތަރު ކެޓަގަރީއެއް ވަނީ އިތުރުކޮށްފައެވެ. އެގޮތުން، އިތުރުކޮށްފައިވާ އެވޯޑުތަކަކީ: ވޯޓަސްޕޯޓްސް ޕާސަނަލިޓީ އޮފް ދަ އިޔާ ޑައިވިން ޕާސަނަލިޓީ އޮފް ދަ އިޔާ އެއާޕޯޓް ރެޕްރެޒެންޓެޓިވް އޮފް ދަ އިޔާ ރިސޯޓް މެނޭޖާ އޮފް ދަ އިޔާ މީގެ ކުރީން ބޭއްވި ހޮޓެލިއާ މޯލްޑިވްސް އެވޯޑް ނައިޓެއްގެ ތެރެއިން -- ހޮޓެލިއާ މޯލްޑިވްސް ކުރީގެ މަޝްހޫރު ނަސަންދުރާ ޕެލަސް ހޮޓާ ހުރި ބިމުގައި ތަރައްގީކުރި ބާސެލޯ ނަސަންދުރާ މާލެ ހޮޓަލަކީ މާލޭގައި ހުޅުވި އެންމެ ފުރަތަމަ ފަސް ތަރީގެ ހޮޓަލެވެ. އެގޮތުން މާލޭގެ އެންމެ ބޮޑު ހޮޓަލުގެ ގޮތުގައި އެތަން ހުޅުވާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހެވެ. އެ ހޮޓަލުގައި 136 ކޮޓަރިއާއި 116 އެޕާޓްމަންޓުގެ އިތުރުން ހަތަރު ރެސްޓޯރަންޓާއި ޖިމަކާއި ސްޕާއެއް ހުންނައިރު، ސްވިމިން ޕޫލެއް އޮވެއެވެ. އަދި 1،034 އަކަފޫޓުގެ ބޮޑު ކޮންފަރެންސް ސެންޓަރެއް އެތަނުގައި ވަނީ ގާއިމްކޮށްފައެވެ. ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025ގެ ސްޕޮންސަރުންނާއި ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ: ޓައިޓަލް ސްޕޮންސަރު: ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) ޑިޖިޓަލް ޕާޓްނަރު: ދިރާގު ބޭންކިން ޕާޓްނަރު: ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގޯލްޑް ސްޕޮންސަރު: މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ބެވަރޭޖް ޕާޓްނަރު: މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިޔުސީ) އެސޯސިއޭޓް ސްޕޮންސަރު: އެލިއާ އިންވެސްޓްމަންޓްސް މީޑިއާ ޕާޓްނަރު: މޯލްޑިވްސް ޓީވީ ސަޕޯޓިން ޕާޓްނަރުން: މޯލްޑިވްސް އިންސައިޑާ، އޫފީ އަދި ލައިޓްސްއައުޓް ސްޓޫޑިއޯސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ