ކަބީރު ބެޑީ އަކީ އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ އެކްޓަރެކެވެ. އޭނާ ވަނީ ޖޭމްސް ބޮންޑްގެ އިތުރުން ރިތިކް ރޯޝަން، އަކްޝޭ ކުމާރު، އަދި އިތުރު ބޮލީވުޑްގެ ގިނަ އެކްޓަރުންނާ އެކު ސްކްރީނުން ފެނިގެން ގޮސްފައެވެ. ފިލްމީ ދާއިރާގައި ގިނަ މަސައްކަތްތަކެއްކޮށްފައިވާ ކަބީރުގެ ހަޔާތުގައިވެސް ގިނަ އަޑިގުޑަންތަކާއި ދިމާވިއެވެ.
އޭނާގެ ދަރިފުޅުގެ ކުއްލި މަރާއެކު، މީހާއަށް ނަފްސާނީ ގޮތުން ބޮޑު އަސަރެއް ކުރިއެވެ. މާލީ ގޮތުން އުނދަގޫތަކެއް ކުރިމަތިވެ މަސައްކަތުގެ ފުރުސަތުތައް ގެއްލިގެން ދިޔައެވެ. އަދި ދިރިއުޅުން ބޮއްސުންލައިގެން ގޮސް މާލީ ގޮތުން ދިމާވި ދަތިތަކާއެކު މަގުމަތިވެދާނެކަމުގެ ބިރު ހީވެގެން ދިޔައެވެ.
1990 ގެ އަހަރުތަކުގައި އޭނާގެ މޮޅު ހުނަރުގެ ސަބަބުން ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް ކަބީރު ވަނީ އޭނާގެ ހަޔާތުގައި ދިމާވި އެންމެ ހިތްދަތި ދުވަސްތަކާއި އެކަމުން އަރައިގަތުމަށް ކުރި މަސައްކަތް މީޑިއާގައި ހިއްސާކޮށްފައެވެ. ކަބީރު ބުނީ ދަރިފުޅުގެ ވަކިވުމާއި އެކު އޭނާގެ މުޅި ދުނިޔެ ބަނަވެގެން ދިޔަ ކަމަށެވެ. އަދި ފިލްމުތަކުގެ އޮޑިޝަނަށް ގޮސް ޑައިލޮގްތައް ނުބައިކޮށް ކިޔުނު އިރުވެސް ނޭގޭ ހާލަތަށް ކަންތައްދިޔަ ކަމަށް ކަބީރުވަނީ ބުނެފައެވެ. މިކަމުގެ ސަބަބުން އޭނާއަށް އެއްވެސް ފިލްމެއް ނުލިބި މާލީ ގޮތުން ގިނަ ގޮންޖެހުންތަކެއް ދިމާވިކަމަށް ކަބީރުވަނީ ބުނެފައެވެ.
މީގެ އިތުރުން ކަބީރު ބުނީ ދިރިއުޅުމުގައި ދިމާވި މި އަޑިގަޑުން ސަލާމަތްވުމަށް ވަރަށް ބޮޑަށް ވިސްނިކަމަށާއި އެކަމަށް މަސައްކަތްކުރި ކަމަށެވެ. އަދި ކުޑަދުވަސްކޮޅަކަށް ދިރިއުޅުން އިނގިރޭސިވިލާތަށް ބަދަލުކޮށް ދިރިއުޅުމަށް އެދެވޭ ރަނގަޅު ބަދަލެއް ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތްކުރިކަމަށް ކަބީރު ބުންޏެވެ.
ބޮލީވުޑްގެ ފިލްމުތަކުގެ އިތުރުން ހޮލީވުޑްގެ ފިލްމުތަކުގައިވެސް ހަރަކާތްތެރިވެފައިވާ ކަބީރު ބުނީ މިއަދު އޭނާއަށް މިހިސާބަށް އާދެވުނީ ވަރަށް ހިތްވަރުންކަމަށެވެ. ކަބީރުގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި މަމައިން ދިލް ޓޫޖްކޯ ދިޔާ، ދަ ހީރޯ: ލަވް ސްޓޯރީ އޮފް އަ ސްޕައި، ތާޖް މަހާލް: އެން އެޓަނަލް ލަވް ސްޓޯރީ، ކައިޓްސް، ޑިލްވާލޭ، ސާހެބް، ބިވީ އައުރް ގޭންގްސްޓާ 3، ބާލިން، އެންޑް މޯރ ހިމެނެއެވެ.
ކަރަންޓު ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ރައީސް އިފްތިތާހުކޮށްދެއްވައިފި ގައުމީ ތަރައްގީގެ ސިޔާސަތުތަކުގައި ގުދުރަތީ ރައުސްމާލު ހިމެނުމަށް މިނިސްޓްރީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ