ޔުމްނުގެ މައްސަލަ: ފާޑުކިޔުން އަމާޒުވި ކޮމިޝަނަށް ދެ އަންހެނުން އިތުރުކޮށްފި
އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލަ ތަހުގީގު ކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އުފެއްދެވި ކޮމިޝަނުގައި މިއަދު ދެ އަންހެނުން ހިމަނުއްވައި، ބަދަލުތަކެއް ގެންނަވައިފިއެވެ. ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، އިއްޔެ ރައީސް އެ ކޮމިޝަން އުފައްދަވާފައި ވަނީ ޔުމްނު ވެއްޓުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއް ކުރުމަށެވެ. އެ ކޮމިޝަންގައި ފުރަތަމަ ތިއްބެވީ ޑރ. މުޙައްމަދު މުނައްވަރާއި، ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހްމަދު މުޙައްމަދާއި، ޑރ. މުހައްމަދު ހަބީބެވެ. ރައީސަކަށް ހަމަޖައްސާފައިވަނީ މުނައްވަރެވެ. އެ ކޮމިޝަނަކީ އަންހެނަކަށް އަނިޔާ ލިބުނު މައްސަލައެއް ބަލަން އުފެއްދި ކޮމިޝަނަކަށްވާއިރު، އެ ކޮމިޝަނުގައި އަންހެނަކު ނެތުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ފާޑުކިޔައިފައެވެ. https://sun.mv/205283 މީގެ އިތުރުން، ކޮމިޝަނަށް ދެ ދުވަސް ވެސް ނުވަނީސް ހަބީބް ވަނީ އިސްތިއުފާ ދެއްވައިފައެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބު ހާމަކޮށްފައިނުވާއިރު، "ސަން"އަށް އެނގިފައިވާ ގޮތުގައި އައްޑޫ ހިތަދޫއަށް ނިސްބަތްވާ ހަބީބާއި، މި މައްސަަލައިގައި ހިމެނޭ ރައުދު ޒިލާލުގެ މަންމައަކީ ދެބެއިންގެ ދެދަރިއަށްވުރެ ދެ ދަރިކޮޅު ދުރު މީހެކެވެ. https://sun.mv/205338 ޑރ. މުނައްވަރާއި ޑރ. ހަބީބު، އަދި އަޙްމަދު: އޭގެ ތެރެއިން ހަބީބް އިސްތިއުފާ ދެއްވާއިފައިވާއިރު، ކޮމިޝަނަށް ވަނީ ބަދަލުތަކެއް ގެންނަވާފައި -- އޭގެ ފަހުން، ރައީސްގެ ގަރާރަކުން ވަނީ ކޮމިޝަނަށް ބަދަލުގެންނަވައިފައެވެ. އެ ކޮމިޝަންގައި މިހާރު ހިމެނެނީ މުނައްވަރާއި އަހުމަދު މުހައްމަދުގެ އިތުރުން: ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641 ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ އާމިނަތު އީނާސް، ހ. ހަބަރުގެ އޭގެ ތެރެއިން އީނާސް، ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ރައީސްކަން ކުރައްވައި، މި ސަރުކާރުން އުފެއްދި ފުލެޓާއި ގޯއްޗާ ބެހޭ ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވައެވެ. ރިޔާސީ ކޮމިޝަންގެ ރިޔާސަތު ދެންވެސް ބަލަހައްޓަވާނީ މުނައްވަރު ކަމަށް ގަރާރުގައިވެއެވެ. ރައީސްގެ ގަރާރަކުން މި ޚާއްސަ ކޮމިޝަން އުފެއްދެވީ އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށެވެ. މި ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސް ކަނޑައެޅުއްވުމާ ހަމަޔަށް ކޮމިޝަން ދެމިއޮންނާނެ ކަމަށް ރައީސްގެ ގަރާރުގައި ވެއެވެ. ފުލުހުން ބުނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށެވެ. ނަމަވެސް، ފުލުހުުންގެ ތަހުގީގަށް އިތުބާރު ގެއްލިފައި ވާކަމަށް ބުނެ ގިނަ ޒުވާނުންތަކެއް ވަނީ ސިލްސިލާކޮށް މާލޭގައި މުޒާހަރާތަކެއް ފަށައިފައެވެ. މި މުޒާހަރާތަކުގައި ސީޕީގެ މަގާމުގައި ހުންނެވި އަލީ ޝުޖާއުއާއި، ހޯމް މިނިސްޓަރު އަލީ އިހުސާނު އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އިސްތުފާ ދިއްވުމަށް ދަނީ ގޮވާލަމުންނެވެ. މި އަޑުތައް ގަދަވެފައި ވަނިކޮށް، ސީޕީގެ މަގާމުން ޝުޖާއު ވަނީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި އިސްތިއުފާ ދެއްވާފައެވެ. އެއާއެކު އެކްޓިން ސީޕީއަކަށް ފަރުހާދު ފިކުރީ އައްޔަން ކުރިތާ ގަޑިއިރެއް ނުވެ، އޭނާގެ އަތުން މަގާމު ނަގައި، އެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ޑީސީޕީ) އިސްމާއީލް ނަވީން ވަނީ އައްޔަނުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ