އައްޑޫ ހިތަދޫ މައިލޯ ދަނޑު ސަރަހައްދުގައި މީހަކު ޖޯއްޔެއްގައި ބަނދެ އަނިޔާކުރި މައްސަލައެއްގައި ކުޑަކުއްޖަކާއި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ ތަން ފެނުނީ، ހޯމަ ދުވަހުގެ ރޭ ދަންވަރު 1:35 ހާއިރު ހިތަދޫ މައިލޯ ދަނޑު ސަރަހައްދުން ވެހިކަލްގައި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންތަކަކަށެވެ. ފުލުހުން މިއަދު ބުނި ގޮތުގައި، އެ ސަރަހައްދުގައި ތިބި ބަޔަކު ދުވެ ފިލަން މަސައްކަތް ކުރި މަންޒަރު ފެނިގެން ފުލުހުން އިތުރަށް ބެލި އެވެ.
ތަފްސީލް - ފުލުހުން އިތުރަށް ބެލިބެލުމުން ފާހަގަވެފައިވަނީ:
އެ ސަރަހައްދުގައި ހުރި ޖޯއްޔެއްގައި މީހަކު ބަނދެ، އަނިޔާކޮށްފައި ހުރުމުގެ އިތުރަށް ބޮލުން ބައެއް ބަލާފައިވޭ
އަނިޔާކޮށްފައި ހުއްޓާ ފެނިފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެއް
އެ ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 15 އަހަރުގެ ކުޑަކުއްޖާ އާއިލާއާ ހަވާލުކުރުމަށް ފަހު ދެން ހިމެނޭ މީހުން ކޯޓަށް ހާޒިރުކޮށް ބަންދު ޖަހާފައިވެ އެވެ. އެ ގޮތުން:
ސަމާހު ތައުފީގު، 20، ވިޝަން ޑްރީމް/ހިތަދޫ؛ ބަންދަށް 15 ދުވަސް
މުހައްމަދު ޔައީޝް އަޒާދު، 19، ގްރޭސް/ހިތަދޫ؛ ބަންދަށް 7 ދުވަސް
އަޝްރަފް މުހައްމަދު، 22، ނޫތަރި/ހިތަދޫ؛ ބަންދަށް 15 ދުވަސް
އަލީ މާޒިން ހަސަން، 20، މެރީގާޑެން/ހިތަދޫ؛ ބަންދަށް 7 ދުވަސް
މީހަކު ޖޯއްޔެއްގައި ބަނދެ އަނިޔާކުރި މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ