ޖޫން 1 އިން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކުރަނީ

ޖޫން 1 އިން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިކަން އިޢުލާންކުރެއްވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިގޮތުން ރައީސް ވިދާޅުވީ 1 ޖޫން 2025 އިން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކޮށް، އެ ކަން ތަންފީޒުކުރުމުގައި ދެމެހެޢްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަންޖެހޭ އެންމެހާ ކަންކަން ކުރެއްވުމަށް ދަންނަވާފައިވާނެ ކަމަށެވެ.
ރައީސްގެ މި ނިންމެވުމާއެކު ޑޮމެސްޓިކް ކަރަންޓުގެ ޓެރިފް ރޭޓުތަކަށް 20 ލާރިއާއި 1ރ. އާ ދެމެދުގެ ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.
މި ފަހަކަށް އައިސް ކަރަންޓު ބިލުތައް އަތްނުފޯރާ ފަށުގައި އުޅޭކަމުގެ ޝަކުވާތައް ދަނީ ގިނަ ވަމުންނެވެ. ރައީސްގެ މި ނިންމެވުމާއެކު ކަރަންޓު ބިލުތަކަށް ހެޔޮ ބަދަލެއް އައިސް، ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ލުއިފަސާހަކަމެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ