މޫސުން ވަރަށްބޮޑަށް ގޯސްވެ، މެދު ރާއްޖެތެރެއަށް އޮރެންޖް އެލާޓް ނެރެފި!

މެދުރާއްޖެ ތެރެއަށް ވަރަށްބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މެޓް އޮފީހުން އޮރެންޖް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރެފައިވާ އޮރެންޖް އެލާޓްގައި ވަނީ، ބ.އަތޮޅުން ފެށިގެން ދ.އަތޮޅަށް ވަރަށްބޮޑަށް މޫސުން ގޯސްވާނޭކަމަށް ލަފާކޮށްފައެވެ. މެޓް އޮފީހުން ބުނީ، އޮރެންޖު އެލާޓް ނެރެފައިވާ ސަރަހައްދަށް މިރޭ 21:45 ކުން ފެށިގެން މިރޭގެ ދަންވަރު 12 ޖެހުމާ ހަމަޔަށް މޫސުން ވަރަށް ގޯސްވާނޭކަމަށް ލަފާކުރެވޭ ކަމަށެވެ.
އެގަޑިތަކުގައި އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނޭކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
Advertisement
https://x.com/MetMaldives
މެޓް އޮފީހުގެ ޕޯސްޓް
އިތުރު ތަފްސީލް އަންނަނީ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ