ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ މަޖުދުއްދީން ދަނާލުގައި، ނިޔާވި މީހަކު ނިޔާވި މައްސަލަ ހިއުމަން ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރްސީއެމްއިން ބަލަން ފަށައިފިއެވެ.
މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ނިޔާވީ ގދ. ތިނަދޫއަށް ނިސްބައްވާ އުމުރުން 18 އަހަރުގެ އަންހެން ކުއްޖެކެވެ.
އެޗްއާރްސީއެމްއިން ވިދާޅުވީ އެމްއެންޔޫ ދަނާލުގައި ނިޔާވި މީހާގެ މައްސަލަ އެ ކޮމިޝަނުން އިސްނަގައިގެން ބަލަމުންދާކަމަށެވެ. އެގޮތުން މި ހިތާމަވެރި ޙާދިސާ އާގުޅޭގޮތުން، ހަޤީޤަތާ ޚިލާފު ވާހަކަ އާއި ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކުން ޢާންމު ނުކުރުމަށް ވަނީ އެދިފައެވެ. އަދި މަރްޙޫމާގެ ކަރާމާތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
އެ ކޮމިޝަނުން ވަނީ ނިޔާވި ދަރިވަރުގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.
ދަނާލުގައި މީހަކު ނިޔާވި މައްސަލަ އެޗްއާރްސީއެމްއިން ބަލަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ