އޭސީސީގެ ވަކިވަކި މެމްބަރުން ސުޕްރީމް ކޯޓަށް ހާޒިރުކޮށް ފިޔަވަޅު އަޅަންޖެހޭ: މަހުފޫޒް

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން ވަނީ ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލާފައިކަމަށާއި، އެހެންކަމުން އެ ކޮމިޝަންގެ ވަކިވަކި މެމްބަރުން ސުޕްރީމް ކޯޓަށް ހާޒިރުކޮށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ޤާނޫނީ ވަކީލް މަހުފޫޒް ސައީދު ވިދާޅުވެއްޖެ އެވެ. 
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މަހުފޫޒް ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށައެޅޭ މައްސަލައެއްގެ ވަކި ބަޔަކަށް ގޮތް ނިންމާފައި، ވަކި ބަޔަކަށް ގޮތް ނުނިންމާ ދޫކޮށްލުމަކީ ކުރާކަމެއް ނޫންކަމަށް އެ ކޯޓުން ކަނޑައަޅާފައިވާކަމަށެވެ. ވިލާއާއިއެކު ހަދާފައިވާ ސެޓުލްމެންޓް އެގްރީމެންޓް ސައްހަކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ ކަމަށާއި، އޭގެ މާނައަކީ އެ އެގްރީމެންޓާއި ގުޅިގެން އަންނަ ހުރިހާކަމެއްވެސް ސައްހަކަމަށް ސުޕްރީމް ކޯޓުން ނިންމުން ކަމަށް މަހުފޫޒް ވިދާޅުވި އެވެ. 
"އެހެންވީމައި، ވިލާއާއި އެއްކޮޅަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަތައް ނިންމީމައި، އެބަ ބަލަންޖެހޭ ސެޓުލްމެންޓް އެގްރީމެންޓަށްވެސް ރިއާޔަތްކުރެވިގެން އެ އެގްރީމެންޓްގެ ސައްހަކަމުގެ މައްޗަށްކަން މިމައްސަލަ ނިންމާފައި މިއޮތީ. އެޔަށް ދެނެއް ޗެލެންޖެއް ނުކުރެވޭނެ. ކުރައްވާކަމުގައިިވާނަ އެ ކަމަކީ ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލުން. އެހެންކަމުން އެގޮތަށް ކުރައްވައިގެން ނުވާނެ. ކުރައްވާކަމުގައިވާނަމަ އޭސީސީގެ ވަކިވަކި މެމްބަރުން ހާޒިރުކޮށް ފިޔަވަޅުއަޅަންޖެހޭ,"
މަހުފޫޒް ވިދާޅުވީ މައްސަލަ ތަހުޤީޤްކޮށް ޕީޖީއަށް އޭސީސީން ފޮނުވައިފިކަމުގައިވާނަމަ އޭސީސީގެ މެމްބަރުންގެ މައްސަލަ ބެލުމަށް ފުލުހުންގެ އިދާރާއަށް ހުށައާޅުއްވަންޖެހޭނެ ކަމަށެވެ. ސަބަބަކީ ކޯޓުގެ ހުރުމަތް ކެނޑުމަކީ ޖިނާއީ ކުށަކަށްވާއިރު، އެފަދަ ކުށްތަކުގެ ތަހުޤީޤް ހިންގަން ފުލުހުންނަށް އަމުރުކުރުމަށް ޕީޖީގެ މައްޗަށް ލާޒިމްކުރާތީ ކަމަށް މަހުފޫޒް ވިދާޅުވި އެވެ. 
ވިލާގެ އެކި ކުންފުނިތަކަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާ ގުޅިގެން އެ ކުންފުނިތަކަށް ސަރުކާރުން ދިން ލުއިތަކުގެ ސަބަބުން ދައުލަތަށް ގެއްލުނު 110 މިލިއަން ޑޮލަރު (1.6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ) އަނބުރާ ދައުލަތަށް ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އަންގާފައެވެ. 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ