އިދިކޮޅު އިއްތިހާދުގެ ރަނިން މޭޓަކަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީން ކުރިމަތި ލައްވައިފިއެވެ.
މިިއަހަރުގެ ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓަކަށް އިދިކޮޅު ކޯލިޝަންގެ އެމްޑީޕީން ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސާލިހު ކަނޑައަޅާފައިވާއިރު ރަނިން މޭޓެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމަވާފައިވަނީ ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ.
އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް އަދި ކަނޑައަޅާފައި ނުވާއިރު، ރަނިންމޭޓު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުމްހޫރީ ޕާޓީން މިހާރު ވަނީ ހުޅުވާލާފައެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓަކަށް އަމީން ކުރިމަތިލާފައިވަނީ މިއަދު މެންދުރެވެ.
މިހާތަނަށް އެމަގާމަށް ޝައުގުވެރިވެ ޖޭޕީ އިން އަމީން އެކަނި ފޯމު ހުށަހަޅާފައިވާއިރު ރަނިންމޭޓެއް ކަނޑައެޅުމަށް ކައުންސިލުގައި ސިއްރު ވޯޓު ނެގުން އޮންނާނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމާފައިވާ ކައުންސިލް ބައްދަލުވުމުގައި ކަމަށް ޖޭޕީ އިން ބުނެއެވެ.
ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓު ކަމަށް ޑރ މުހައްމަދު ޝަހީމް ޢަލީ ސައީދުވަނީ ކަނޑައަޅުއްވާފައެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް މިހާރު ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު 23 ވަނަ ދުވަހު އެވެ.
އިދިކޮޅު ރަނިންމޭޓަކަށް އަބްދުﷲ އަމީން ކުރިމަތި ލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ