ރ.މަޑުއްވަރީ ޒުވާނުން އިންތިޒާމްކޮށްގެން އެރަށުގައި ޚާއްޞަ ދީނީ ޕްރޮގްރާމްތަކެއް ހިންގަނީ

ލިޔުނީ: ހަސަން ޝިޔާޒްރ.މަޑުއްވަރީގެ ޒުވާނުން އިސްނަގައިގެން އެރަށުގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެފަރާތުން ހާމަކޮށްފިއެވެ.ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި 2011 މާޗް 11 އަދި 12 ވާ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ހިންގުމަށް ރޭވިފައިވާ މިޕްރޮގްރާމްތަކުގެ ދަށުން ފުރަތަމަ އޮންނާނީ ރަށުގެ މިސްކިތުގައި ޝައިޚް މުޙައްމަދު މޫސާ ދެއްވާ ހުކުރު ޚުޠުބާ އެވެ. އަދި ހަމައެދުވަހު އަސްރު ނަމާދަށްފަހު “ނަމާދު އެޅުމުގެ ނުރައްކާތެރިކަން” މިމައުޟޫއަށް ޝައިޚް މުޙައްމަދު މޫސާގެ ދަރުސް އެއް މިސްކިތުގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ.މިޕްރޮގްރާމްތަކުގެ މައިގަނޑު އިވެންޓް ކަމުގައިވާ “ފާފައިގެ އަސަރު” މިމައުޟޫއަށް ޝައިޚް މުޙައްމަދު މޫސާ ދެއްވާ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މަޑުއްވަރީ ސްކޫލްގައި ހުކުރު ދުވަހުގެ ރޭ 20:45 ގައެވެ.ފަހު ހަރަކާތެއްގެ ގޮތުން ކިޔަވާކުދިންނަށް ޚާއްޞަކޮށްގެން މަޑުއްވަރީ ސްކޫލްގައި “ކިޔަމަންތެރިކަން” މިމައުޟޫއަށް ހޮނިހިރު ދުވަހުގެ ހެނދުނު 09:00 ގައި ޝައިޚް މުޙައްމަދު މޫސާ ދަރުސް އެއް ދެއްވުމަށް ރޭވިފައިވެއެވެ.ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިފަދަ މުޖުތަމަޢަށް ފައިދާހުރި ކަންކަމުގައި އިސްނަގައި މިފަދަ ހަރަކާތްތަކުގައި ބައިވެރިވާ އެންމެހާ ޒުވާނުންގެ މަސައްކަތްތަކުގައި ﷲ ބަރަކާތްލެއްވުން އެދި ދުޢާ ދަންނަވަމެވެ. ﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮވިސްނުން ދެއްވައި މުޖުތަމަޢުތައް އިޞްލާޙްކުރައްވާށިއެވެ. އާމީން.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ