މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ހުސްވެފައިވާ ތިން ގޮނޑިއަށް މެންބަރުން އިންތިހާބުކޮށްފި އެވެ.
އެމްއެމްސީގެ ބައި އިލެކްޝަން ކުރިއަށް ދިޔައީ މިއަދު ހެދުނު ސޯޝަލް ސެންޓަރުގަ އެވެ. މި ވޯޓުގައި އިންތިހާބުކޮށްފައިވަނީ މީޑިއާތައް ތަމްސީލު ކުރާ ދެ މެންބަރުންނާއި އާންމުން ތަމްސީލު ކުރާ މެންބަރެކެވެ.
މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންގެ ގޮނޑިއަށް ހޮވުނީ ދައުރު ނޫހުގެ މުހައްމަދު މުޒައްޔިން ނާޒިމް، އަދި އަދަދު ނޫހުގެ ލީވާން އަލީ ނާސިރު އެވެ. މުޒައްޔިން އަށް 50 ވޯޓު ލިބުނުއިރު ލީވާން އަށް 48 ލިބުނެވެ. އެ ދެ ގޮނޑިއަށް ދެން ވާދަކުރި މަރިޔަމް މިލްޒަމް މަސްއޫދަށް ލިބުނީ ހަތަރު ވޯޓެވެ.
އާންމުން ތަމްސީލުކުރާ ގޮނޑިއަށް ހޮވުނީ ލ. ގަން، ތުނޑި ލިންކް، ހައްވާ ވަޖުދާ އެވެ. އޭނާއަށް 38 ވޯޓު ލިބުނު އެންމެ ކައިރިން ވާދަކުރި ހދ. ވައިކަރަދޫ، ލިލަކް، ނަހްދާ އާދަމް އަށް ލިބުނީ 12 ވޯޓެވެ.
މިދިޔަ ޑިސެމްބަރު މަހު އަލަށް އިންތިހާބުކުރި މީޑިއާ ކައުންސިލްގެ ގޮނޑިތަކެއް ހުސްވީ އޭރު އިންތިހާބުވި މެންބަރުންގެ ތެރެއިން ތިން މެންބަރަކު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. މިއަދު ވޯޓުލުން ކުރިއަށް ގެންދިޔައީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވޯޓުލާ ދުވަސް ބަދަލުކުރުމަށްފަހު، ކެންޑިޑޭޓުންނަށް ކުރިމަތިލާން އަލުން ފުރުސަތު ވެސް ދިނުމަށްފަހު އެވެ.
މީޑިއާ ކައުންސިލަށް ލީވާން، މުޒައްޔިން، އަދި ވަޖުދާ ހޮވިއްޖެ މީޑިއާ ކައުންސިލަށް ލީވާން، މުޒައްޔިން، އަދި ވަޖުދާ ހޮވިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ