ކަސްޓަމްސް ހިންގަން ވަގުތީ ގޮތުން އަބްދުﷲ ޝަރީފް އާ ހަވާލުކޮށްފި

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވެންދެން އެ އިދާރާ ހިންގުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އާ ހަވާލުކޮށްފި އެވެ.
ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލްގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި އަހްމަދު ނުޢުމާނު ނިޔާވުމާއި ގުޅިގެންނެވެ. ނުޢުމާން ނިޔާވީ، ނިމިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ.
ކަސްޓަމްސް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެޑައިގެންނެވި އަބްދުﷲ ޝަރީފް ވަނީ 27 އަހަރުގެ ހިދުމަތް ކަސްޓަމްސް ގައި ފުރިހަމަކޮށްފައެވެ. ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އަބްދުﷲ ޝަރީފް އައްޔަނުކުރެވުނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
އޭގެ ކުރިން އޭނާ ހުންނެވީ ސީނިއަރ ސުޕްރިންޓެންޑެންޓްގެ މަގާމުގައެވެ. އަބްދުﷲ ޝަރީފަކީ ކަސްޓަމްސް އެޑްމިނިސްޓްރޭޝަން ގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ