ފިލްމީ ދާއިރާއިން ރިޓަޔާ ކުރުމުގެ ޕްލޭނެއް ނެތް: އަކްޝޭ
އެއްވެސް މަސައްކަތެއް ނެތި ގޭގައި އިނުމުގެ ބަދަލުގައި ކޮންމެ ދުވަހަކު މަސައްކަތަށް ނުކުންނަންޖެހޭ ކަމުގެ އިހުސާސް ކުރެވުމަކީ ވެސް އަމިއްލަ ނަފުސަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު ބުނެފިއެވެ. މަސައްކަތެއް ނެތި ގޭގައި ހުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށާއި ޚާއްސަކޮށް އެކްޓިންއިން ރިޓަޔާ ކުރުމުގެ އެއްވެސް ޕްލޭނެއް ނެތް ކަމަށް އަކްޝޭ ވަނީ ދާދިފަހުން މީޑިއާއާ އެކު ބޭއްވި ބައްދަލުވުމެއްގައި ބުނެފައެވެ. އަކްޝޭ މިގޮތަށް ބުނެފައި ވަނީ މި މަހުގެ 26ގައި ރިލީޒްކުރާ އެކްޓަރުގެ ފިލްމު "ވެލް ކަމް ޓު ދަ ޖަންގަލް"ގެ ޕްރޮމޯޝަނަލް ހަފްލާއެއްގައި ބައިވެރިވި ފަރާތަކުން އެކްޓަރުގެ ރިޓަޔަމެންޓް ޕްލޭނާ ބެހޭގޮތުން ސުވާލުކުރުމުންނެވެ. ރިޓަޔާމަންޓް ޕްލޭނާ ގުޅޭ ގޮތުން އުމުރުން 56 އަހަރުގެ އެކްޓަރާ ކުރި ސުވާލަށް ޖަވާބު ދެމުން ބުނީ، ކޮންމެ ރެއަކުވެސް ނިދަނީ ޖެހިގެން އަންނަ ދުވަހު ރިޓަޔަ ކުރަން ނިންމައިގެން ކަމަށެވެ. އަކްޝޭ ކުމާރު އަންހެނުން، ކުރީގެ ބަތަލާ ޓުވިންކަލް ކަންނާއާ އެކު -- ފޮޓޯ/ ހިންދުންސްތާންޓައިމްސް ނަމަވެސް ފަތިހު ފަތިހާ ހޭލެވޭއިރު ހަނދާނަށް އަންނަނީ އަކްޝޭގެ އިންތިޒާރުގައި 300އަށްވުރެ ގިނަ މީހުން ފިލްމު ސެޓުގައި ތިބޭނެކަން ކަމަށާއި މަސައްކަތަށް ދިއުމަކީ ކޮންމެހެންވެސް މުހިއްމު ކަމެއް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. ބޮލީވުޑްގެ އެންމެ 'ބިޒީ' އެކްޓަރުންގެ ތެރޭ ހިމެނޭ އަކްޝޭ ބުނީ ރިޓަޔަ ކުރުމާ މެދު ވިސްނަމުން އަންނަތާ މިހާރު 36 އަހަރުވެއްޖެ ކަމަށެވެ. ނަމަވެސް އެ ވިސްނުންތަކާ ދުރަށް ދެވެނީ ފިލްމީ މަސައްކަތްތަކަށް ހިތުގައި އޮތް ލޯތްބެއްގެ ބޮޑުކަމުން ކަމަށާއި، ދިރިހުރިހާ ހިނދަކު އެކްޓު ކުރުމުގެ މަސައްކަތުގައި ދެމިހުންނާނެ ކަމަށް އަކްޝޭ ވަނީ ބުނެފައެވެ. ކުރީގެ ބަތަލާ ޓުވިންކަލް ކަންނާއާ ކައިވެނިކޮށް ދެ ކުދިންވެސް ލިބިފައިވާ އެކްޓަރުގެ އާ ފިލްމު ""ވެލްކަމް ޓު ދަ ޖަންގަލް" އަކީ މި އަހަރު ރިލީޒްކުރާ އަކްޝޭގެ ދެވަނަ ފިލްމެވެ. އަކްޝޭ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ބޫތު ބަންގްލާ"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ