ރައީސް ސޯލިހު މިއަދު ހަވީރު ގައުމާއި މުހާތަބު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ހަވީރު ގައުމާއި މުހާތަބު ކުރައްވާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ރައީސް ގައުމާއި މުހާތަބު ކުރައްވަން ހަމަޖެހިފައި ވަނީ މިއަދު ހަވީރު 17:30 ގައި ކަމަށެވެ.
ރައީސް ސޯލިހު ކޮވިޑް19 އާއި ގުޅިގެންގައުމާއި މުހާތަބު ކުރައްވާއިރު އެމަނިކުފާނު ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުވެސް ރައީސް ވަނީ ކޮވިޑް-19 އާ ގުޅިގެން ގައުމާއި މުހާތަބު ކުރައްވާފައެވެ.
އަދި ރަމަޟާން މަހާއި ގުޅިގެން މިދިޔަ މަހުގެ 23 ވަނަ ވަނަ ދުވަހުގެ ރޭވެސް އެމަނިކުފާނު ވަނީ ގައުމާއި މުހާތަބު ކުރައްވާފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 527 އަށް ވަނީ އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ