ކުރީގެ ކެޑޭޓުންނަށް ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު

ކޮވިޑް-19 އާ ގުޅިގެން ހިންގާ އޮޕަރޭޝަންތަކުގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ކުރީގައި ކެޑޭޓުންނަށް ހުޅުވާލައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯޕްސްއިން ބުނީ ކޮވިޑާ ގުޅިގެން ރާއްޖޭގައި ހިންގާ އެކި އޮޕަރޭޝަންތަކަށް ގައުމީ ކެޑޭޓް ކޯގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް، ކެޑޭޓް ހަރަކާތުގައި 1995 ވަނަ އަހަރުން ފެށިގްނެ އުޅެފައިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
އެ ފަރާތުން ބުނީ ވޮލަންޓިއާ މަސައްކަތުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރުން މަތީގެ ކެޑޭޓުންނަށް ކަމަށާއި ބައިވެރިވާން ބޭނުންވާ ކެޑޭޓުން/ބޭންޑް ކެޑޭޓުން މި ލިންކް މެދުވެރިކޮށް ރެޖިސްޓްރީ ކުރެއްވުން އެދޭ ކަމަށެވެ.
ކެޑޭޓުންގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ސިފައިން މިހާރު ހިންގާ އޮޕަރޭޝަންގައި ސިފައިންގެއިން ވަކިވެފައިވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.
މާލެއިން ކޮވިޑް19 ފެނިފައިވުމާއި އެކު މާލެ ލޮކްޑައުންކޮށް ފިހާރަތަކުން ގެތަކަށް ޑެލިވަރީ ކޮށްދިނުމުގެ މަސައްކަތުގައި ވޮލަންޓިއަރު ކޮށްދޭނެ ފަރާތްތައް ހޯދުމަށް ޔޫތް މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި 300 އަށްވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.

އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ