ރޯދައިގެ ކަރަންޓް ބިލަށް ޑިސްކައުންޓް ދޭން ރައީސް ނިންމަވައިފި

ވިދާޅުވީ މިހާރު ފޮނުވާފައިވާ ބިލްތައް މި ބަދަލާ އެއްގޮތަށް އަދާހަމަ ކުރުމަށް ފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވާނެ ކަމަަށެވެ.
ރޯދައިގެ ކަރަންޓް ބިލަށް ޑިސްކައުންޓް ދޭން ސަރުކާރުން ނިންމައިފި އެވެ.
ރަައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މި ނިންމެވުން ކަރަންޓް ކުންފުނި -- ސްޓެލްކޯ އިން ވަނީ ދެންމެ ހާމަ ކޮށްފައެވެ.ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްމީ ދެންމެ ވިދާޅުވީ ‏ރައީސުލްޖުމްހޫރިއްޔާ ⁦‪ވައުދުފުޅާ އެއްގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ނިންމާފައިވާ ކަމަށެވެ،އަދި ވިދާޅުވީ މިހާރު ފޮނުވާފައިވާ ބިލްތައް މި ބަދަލާ އެއްގޮތަށް އަދާހަމަ ކުރުމަށް ފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވާނެ ކަމަަށެވެ."ސަރުކާރުގެ ހަރުދަނާ އޯގާތެރި ސިޔާސަތުތަކާއި އެއްގޮތަށް ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮށްދެވެންހުރި ހުރިހާކަމެއް ކޮށްދިނުންމަތީ ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން،" ފަހްމީ ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ