ލީޑްސް (ޖުލައި 28) - ދުނިޔޭގެ ފުޓްބޯޅަ ތާރީހުގައި ފަސް ވަނަ އަށް އެންމެ އަގުބޮޑު ގޯލްކީޕަރުގެ ގޮތުގައި، މެންޗެސްޓާ ސިޓީގެ އިނގިރޭސި ކީޕަރު، ޖޭމްސް ޓްރަފޯޑް، ލީޑްސް ޔުނައިޓެޑަށް ސޮއިކުރުމާ ގާތަށް ޖެހިލަައިފި އެވެ.
އެ ގޮތުން، ޓްރަފޯޑް ގަންނަން ލީޑްސް އިން ހަރަދުކުރާ ޖުމްލަ ފީ 53 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
MU STORE
Enterprise Development Industrial Pvt Ltd
MU STORE
ޓްރަފޯޑް، 23، ވުރެން ބޮޑު ފީ އަކަށް ކްލަބް ބަދަލުކުރި ހަތަރު ކީޕަރުންނަކީ، 2018 ވަނަ އަހަރު 91 މިލިއަން ޑޮލަރަށް ޗެލްސީން ގެނައި ސްޕެއިންގެ ކީޕަރު، ކެޕާ އަރިއްޒަބަލާގާ، 71 މިލިއަން ޑޮލަރަށް ލިވަޕޫލުން 2018 ވަނަ އަހަރު ސޮއިކުރި ބްރެޒިލްގެ ކީޕަރު، އެލިސަން ބެކާ، 2001 ވަނަ އަހަރު ޔުވެންޓަސް އިން 60 މިލިއަން ޑޮލަރަށް ގަތް އިޓަލީގެ ކީޕަރު، ޖިއަންލުއީޖީ ބުފޮން އަދި 2023 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން 60 މިލިއަން ޑޮލަރު ދީފައި ގަތް ކެމަރޫންގެ ކީޕަރު، އަންދްރޭ އޮނާނާ އެވެ.
ލީޑްސް އިން މިހާރު ހުށަހަޅާފައިވާ ޑީލް ކުރިއަށް ގޮސްފިނަމަ، ޓްރަފޯޑް ވާނީ އެ ކްލަބްގެ އެންމެ އަގުބޮޑު ޓްރާންސްފާގެ އިތުރުން، އިނގިރޭސި އެންމެ އަގުބޮޑު ގޯލްކީޕަރަށެވެ.
ބާންލީ އާއި މެންޗެސްޓާ ސިޓީ އަށް ކުރިން ކުޅުނު ޓްރަފޯޑަކީ މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި އިންގްލެންޑްގެ ތިން ވަނަ ގޯލްކީޕަރެވެ. ނިއުކާސަލް ޔުނައިޓެޑުން ވެސް ޓްރަފޯޑްގެ ސޮއި ހޯދަން މަސައްކަތްކުރަނިކޮށް، ލީޑްސް އިން މި ޑީލް ނިންމަން އަވަސްވެގަތީ އެ ޓީމުގެ ކީޕަރުންގެ ކަންކަން ހަމަޖެއްސުމުގެ ގޮތުންނެވެ.
އެ ގޮތުން، ލީޑްސްގެ އެއް ކީޕަރު، އިލާން މެލިއޭ، އާެސެނަލަށް ސޮއިކުރިއިރު، ދެން، އެ ޓީމުގެ ކީޕަރަކަށް ހުރި ބްރެޒިލްގެ ކީީޕަރު ޕެރީ އަށް އިޓަލީގެ ޓޮރިނޯ އިން ވަނީ ރަނގަޅު ހުށަހެޅުމެއް ލިބިފަ އެވެ.
ސިޓީގެ ލޯން ޑީީލެއްގައި ބޯލްޓަންގައި ހުރެ މޮޅު ކުޅުމެއް ދެއްކުމުން، 2023 ވަނަ އަހަރު ބާންލީން ޓްރަފޯޑް ގަތީ 18 މިލިއަން ޑޮލަރު ދީފަ އެވެ. އޭގެ ދެ އަހަރު ފަހުން، މެންޗެސްޓާ ސިޓީން އެ ކްލަބަށް ލިބިފައިވާ ބައިބެކް ކްލޯސްގެ ބާރުގެ ބޭނުންކޮށް، ޓްރަފޯޑް އަލުން ގަންނަން 35 މިލިއަން ޑޮލަރު ދެއްކި އެވެ. އެއީ، އިނގިރޭސި ކީޕަރަކަށް ކުރި އެންމެ ބޮޑު ހޭދަ އެވެ.
ޓްރަފޯޑް ވަނީ މިދިޔަ ސީޒަނުގައި ސިޓީއާ އެކު އެފްއޭ ކަޕާއި ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ދުނިޔޭގެ ފަސް ވަނަ އަށް އެންމެ އަގުބޮޑު ކީޕަރުގެ ގޮތުގައި ޓްރަފޯޑް ލީޑްސް އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ