ރޯމް (ޖުލައި 28) - ހުސްވެފައިވާ އިޓަލީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ކުރީގެ ކުޅުންތެރިޔާ، އަންދްރެއާ ޕިރްލޯ ގެންނަން ކުރި މަސައްކަތް ސިޔާސީ ޕްރެޝަރާ ހެދި ކާމިޔާބުނުވުމުން، އިޓަލީ ފުޓްބޯޅަ ފެޑެރޭޝަން، އެފްއައިޖީސީގެ މަގާމުތަކުން ޕައޮލޯ މަލްޑިނީ އާއި ލިއޮނާޑޯ އިސްތިއުފާދީފި އެވެ.
ޖެހިޖެހިގެން ތިން ވަަނަ ފީފާ ވޯލްޑް ކަޕަށް ކޮލިފައިނުވުމުން، މިދިޔަ އޭޕްރީލް މަހު އިޓަލީގެ ކޯޗުކަމުން ޖެނާރޯ ގަޓޫސޯ އިސްތިއުފާދިނުމުން، އެ ޓީމުގެ ކޯޗުގެ މަގާމު އޮތީ ހުސްކޮށެވެ. ވޯލްޑް ކަޕަށް ކޮލިފައިނުވުމުގެ ޒިންމާ ނަގައި އިޓަލީ ފުޓްބޯޅަ ފެޑެރޭޝަން، އެފްއައިޖީސީގެ ލީޑަޝިޕްގެ މަގާމުގައި ހުރި އެކި ފަރާތްތަކުން ވެސް ވަނީ އިސްތިއުފާދީފަ އެވެ. އެ ގޮތުން، އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން ހިންގެވުމާ، ޖިއޮވާނީ މަލާގޯ ހަވާލުވެ، އޭނާ ވަނީ ގައުމީ ޓީމުގެ މެނޭޖަރު ނޫނީ ހެޑް އޮފް ސްޕޯޓިން އޮޕަރޭޝަނަށް ކުރީގެ ކެޕްޓަން، ޕައޮލޯ މަލްޑިނީ ހަމަޖައްސައިފަ އެވެ. އަދި، ސްޓްރެޓީޖިކް އެޑްވައިޒަރަކަށް ލިއޮނާޑޯ ވަނީ ގެނެސްފަ އެވެ.
MU STORE
MU STORE
Enterprise Development Industrial Pvt Ltd
އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އަންދްރެއާ ޕިރްލޯ ހަމަޖެއްސުން މަޑުޖެހިފައިވަނީ، ރަޝިއާގެ ބެޓިން ކުންފުންޏެއްގެ އެމްބަސަޑަރެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރާތީ އެކަން ސާފުކުރުމަށް. އިޓަލީން ޕިރްލޯ ގެންނަން ނިންމީ ގާޑިއޯލާ އާއި އަންޗެލޮޓީ ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ނުވުމާ ގުޅިގެން.
އެކަމަކު، މަގާމާ ހަވާލުވިތާ 10 ދުވަސް ފަހުން، މަލްޑިނީ އާއި ލިއޮނާޑޯ މި ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. އެއީ، އެ ޓީމުގެ ކޯޗަކަށް ގެންނަން މަސައްކަތްކުރި ޕިރްލޯއާ ޓީމު ހަވާލުނުކުރަން، އިޓަލީގެ ސަރުކާރުން އެންގި އެންގުމާ ހިތްނަމަނުޖެހިގެންނެވެ.
ޕިރްލޯ އަށް އިޓަލީ ކޯޗުކަން ނުދޭން ނިންމި އެންމެ ބޮޑު ސަބަބަކީ، ރަޝިއާގެ ބެޓިން ކުންފުންޏަކާ އެކު އޭނާގެ ޑީލެއް އޮތުމުން، އަންނަ ސިޔާސީ ޕްރެޝަރާ ހެދި އެވެ.
މަލްޑިނީ އަދި ލިއޮނާޑޯ ގުޅިގެން ކުރި މަސައްކަތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރީ، މެންޗެސްޓާ ސިޓީ ކޯޗުކަން 10 އަހަރަށް ފަހު ދޫކޮށްލި ސްޕެއިނުގެ ކޯޗު ޕެޕް ގާޑިއޯލާ ނޫނީ ބްރެޒިލްގައި ހުރި އިޓަލީގެ ކޯޗު ކާލޯ އަންޗެލޮޓީ ގެންނާށެވެ. އެކަމަކު، އެކަން ކާމިޔާބުނުވެ، ދެން ޕިރްލޯ ގެންނަން މަސައްކަތް ފެށީ އެވެ.
އެ ގޮތުން، އިޓަލީން ކޯޗަކަށް ގެންނަން ނިންމީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދި އިޓަލީގެ ޓީމަށް ކުޅުނު ޕިރްލޯ، 47، ގެންނަން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން އާއި ސަރުކާރުން ދެކޮޅު ހެދީ އެވެ. އެއީ، ރަޝިއާގެ ބެޓިން ކުންފުންޏެއް ކަމަށްވާ ފޮންބެޓްގެ ގްލޯބަލް އެމްބަސަޑަރަކަށް ޕިރްލޯ މަސައްކަތްކުރަމުން އަންނާތީވެ، އެ ކަމާ ގުޅޭ ބައެއް ކަންކަން ސާފުކުރުމުގެ ގޮތުންނެވެ.
ޕިރްލޯ ނެރުނު ބަޔާނެއްގައި ވަނީ، އޭނާ އަކީ ފުޓްބޯޅައިގެ ޕްރޮފެޝަނަލިޒަމް ހިފެހެއްޓުމުގައި އަބަދުވެސް މަސައްކަތްކުރާ މީހެއް ކަމަށާއި ކުޅުމުގެ ކެރިއަރާއި ކޯޗިންގަައި ވެސް އޭނާގެ އުސޫލުތައް ހުންނަނީ އެ މިންގަނޑުގެ ތެރޭގައި ކަމަށެވެ. އަދި، ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި އޭނާގެ ނަން ހިމަނައިގެން، ވަކި މަގުސަދުތަކެއް ހާސިލްކުރުމަށްޓަކައި ވާހަކަ ނުދެއްކުމަށް ޕިރްލޯ ވަނީ ބުނެފަ އެވެ.
ޕިރްލޯ އަށް އިޓަލީގެ ކޯޗުކަން ނުދިން މައްސަލައިގައި ލިއޮނާޑޯ އާއި މަލްޑިނީ އިސްތިއުފާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ