ޑރ. ޝަހީމްގެ ޚާއްސަ ދަރުހެއް މިއަދު ހަވީރު ދުވަސް ފޭސްބުކް ޕޭޖުން ލައިވް ކުރެވޭނެ

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ވަރަށް ޚާއްސަ ދަރުހެއް މިއަދު ދުވަސް ނޫހުގެ ފޭސްބުކް ޕޭޖްގައި ގެނެސްދިނުމަށް ހަމަޖެހިއްޖެއެވެ.
މި ދަރުސް ދިނުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 05:30 އިން 06:00 އަށެވެ. މި ދަރުސް ދުވަސްގެ ފޭސްބުކް ޕޭޖް (fb.me/dhuvasmv) އިން ލައިވް ކުރެވޭނެއެވެ. މި ދަރުސްގެ މައުޟޫއަކީ “ރަމަޟާން މަހަކީ އުޚުއްވަތްތެރިކަމުގެ މައްސަރު” މިއެވެ.
މި ރަމަޟާން މަހާއި ދިމާކޮށް ޑރ. ޝަހީމް އަންނަނީ އެކި ނޫސްތައް މެދުވެރިކޮށް މިފަދަ ދަރުސްތައް ދެމުންނެވެ. އެގޮތުން ފާއިތުވި ތިން ދުވަހުވެސް ތިން ނޫހެއްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ޑރ. ޝަހީމް ވަނީ ދަރުސް ދެއްވާފައެވެ.
ރާއްޖެއިން ބޭރުގައި ހުންނެވިނަމަވެސް ދިވެހިން ދީނަށް ހޭލުންތެރި ކުރުވުމުގެ މަސައްކަތް ޑރ. ޝަހީމް އަންނަނީ ކުރައްވަމުންނެވެ. އެގޮތުން ދީނީ އެކި ލިޔުއްވުންތަކާއި އެކި މައުލޫމާތުތައް ފޭސްބުކް ލައިވް މެދުވެރިކޮށް ގެނެސްދެމުން ގެންދަވައެވެ. އަދި ކޯވިޑް-19 ގެ މި ހާލަތުގައި ދިވެހިންނަށް ދޫކޮށްލެއްވި ޤުރުއާން ޗެލެންޖް ވެގެންދިޔައީ އެ ޗެލެންޖެއްގައި ގިނަ ބަޔަކު ބައިވެރިވި، ބޮޑު ތަރުހީބެއް ލިބިގެންދިޔަ ޗެލެންޖަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ