އިދިކޮޅު ފަރާތްތަކަށް މިއަދު ވަނީ ކޮޅުބެދިފައި އޮތް މަގަކަށް ވަދެވިފައި ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިގޮތަށް ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ސީއެންއެމްގެ "އިތުރުކާފު" ޕްރޮގްރާމުގައި ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.
ސައިދު އެ ޕްރޮގްރާމްގައި ވަނީ ރައީސް ޔާމީން މިނިވަންކަމާއެކު ހުންނެވިނަމަ މިއަދު އިދިކޮޅުން ދާނެ މަގެއް ދައްކަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ސައިދު ވިދާޅުވީ މިއަދު ރައީސް ޔާމީން ނެތުމުން އިދިކޮޅު ދާންވީ މަގު ދައްކާނެ ފަރާތެއް ނެތް ކަމަށެވެ.
އޭނާ މިގޮތަށް ވިދާޅުވުމާއި ގުޅިގެން އުމަރު ވިދާޅުވީ، އިދިކޮޅު މިއަދު ކޮޅު ބެދިފައި އޮތް މަގަކަށް ވަދެވިފައިވާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކަށް ކުރިއަށް ދެވޭކަށް ނެތް ކަމަށާއި، ފަހަތަށް ދެވޭކަށްވެސް ނެތް ކަމަށް ސައިދު ވިދާޅުވިއެވެ.
"މިއީ އެމްޑީޕީ އުފާކުރާނެ ހާލަތެއް. މި ހާލަތު ބަދަލު ކުރެވޭނީ އެހެން ވިސްނުމެއް ނެރެވިގެން". އުމަރު ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް މަނީ ލޯންޑްރިންގެ ދަޢުވާ ޘާބިތުވެ، 5 އަހަރުގެ މުއްދަތަކަށް ޖަލައިލައި، 5 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށް ޙުކުމް ކޮށްފައިވަނީ، މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
އިދިކޮޅުން މިއަދު ވަނީ ކޮޅުބެދިފައި އޮތް މަގަކަށް ވަދެވިފައި - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ