ކ. ހިންމަފުށީގައި 1700 މީހުން ދިރިއުޅޭއިރު ހިންމަފުއްޓަކީ ސަރުކާރަށް ތާއީދު ބޮޑު ރަށެކެވެ. ނަމަވެސް ކަރަންޓްގެ އަގަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ހިންމަފުށީ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް މިއަދު ވަނީ މުޒާހަރާކޮށްފަ އެވެ. ހިންމަފުށީ ރައްޔިތުން ބުނީ ކަރަންޓާއި ނުލައި ދިރިނޫޅެވޭއިރު ބިލް ދައްކާފައި ދިރިނޫޅެވޭ ވަަރަށް ކަރަންޓް ބިލް ބޮޑުވެފައިވާ ކަމަށެވެ.
ހިންމަފުށީގައި ކަރަންޓްގެ ހިދުމަތް ދެމުންދަނީ މާލޭގައިވެސް ކަރަންޓްގެ ހިދުމަތްދެމުން އަންނަ ސަރުކާރުގެ ކުންފުނި ސްޓެލްކޯއިން ނެވެ. ނަމަވެސް މާލޭގައި ޔުނިޓަކަށް ނަގާ އަގަށްވުރެ ރަށްރަށުގައި ނަގާ އަގު އެތައް ތަނެއް ބޮޑުވުމަކީ އެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މީގެ އިތުރަށް ކުރިން ސަރުކާރުން ދެމުންއައި ސަބްސިޑީ ކަނޑާލުމާއި އެކު ބައެއް ގޭބިސީތަކުގައި ކަރަންޓް ބިލްގެ އަގު ދެގުނަ ބޮޑުވެފައިވާ ކަމަށްވެސް އެމީހުން ބުނެ އެވެ. އެގޮތުން އާންމުކޮށް ހުރިހާ ގެއެއްގެ ބިލްތަކަށްވެސް 2000 ރުފިޔާއާއި 5000 ރުފިޔާއާ ދެމެދުގެ އަދަދެއް އިތުރުވެފައިވާ ކަމަށާއި، އެެހެން ކަމުން ރައްޔިތުން ގޮތް ހުސްވެފައިވާ ކަމުގައިވެސް ހިންމަފުށީ ރައްޔިތުން ބުނެ އެވެ.
ކަރަންޓުގެ އަގު ބޮޑުވެ ހިންމަފުށި ރައްޔިތުން މަގުމައްޗަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ