ރިޔާސީ އިންތިހާބު ބާތިލު ނުކުރަން ސުޕްރީމް ކޯޓުން ނިންމުމާއެކު، ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން އަޑު އުފުލަން ފަށައިފިއެވެ.
ސުޕްރީމް ކޯޓު ކައިރީ އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނަނީ ރައީސް ޔާމީން ހައްޔަރުކޮށް އެމަނިކުފާނާއި ދެކޮޅަށް ތަހުގީގު ފެށުމަށް ގޮވާލާ އަޑު އުފުލަމުންނެވެ.
އަދި އޭގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވަނީ ރައީސް ޔާމީން އާއި ދެކޮޅަށް ހިޔާނާތަށް ތުހުމަތުކުރެވޭ އެތައް މައްސަލައެއް ހުރި ކަމަށާއި އަދި ރައީސް ޔާމީން ބޭރަށް ފޮނުވާލަން އެހީތެރިވާ ކޮންމެ މީހަކާ ދެކޮޅަށް ފިޔަވަޅު ވެސް އަޅާނެކަމަށް ވިދާޅުވެފައެވެ.
ސުޕްރީމް ކޯޓުގެ ހުކުމާއެކު ރައީސް ހައްޔަރު ކުރުމަށް ގޮވާލާ އަޑު އުފުލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ