މަޖިލިސް މެމްބަރުންގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް އާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މިއަދު ސޮއިކުރައްވައިފި އެވެ.
ޖޭޕީގެ ޓިކެޓުގައި 2014 ގައި ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވެވަޑައިގަތުމަށް ފަހު، ވަކި ހިސާބަކުން ޕީޕީއެމަށް ސޮއިުރެއްވި އިލްހާމް މިއަދު ޖޭޕީއާ އަލުން ގުޅިވަޑައިގަތުމުން އޭނާ އަށް ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރުކަން ދެއްވައިފަ އެވެ. މިއީ ގާސިމްގެ ހަތަރުވަނަ އެޑްވައިޒަރެވެ.
ހުސައިން މުހައްމަދު ލަތީފްގެ އިތުރުން، ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ކުރިން ތިއްބެވި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނާއި އިސްދޫ ދާއިރާގެ މެމްބަރު ގާރީ އަހުމަދު ރަޝީދު ވެސް ދާދި ފަހުން ވަނީ ޖޭޕީއާ ގުޅިވަޑައިގެންފަ އެވެ.
ހުރިހާ އެންމެންނަށް ވެސް މަރުހަބާ ކިޔާނެ ޕާޓީއެއް ކަމަށް މީގެ ދާދިފަހުން ވިދާޅުވެފައިވާ ޖޭޕީގެ ލީޑަރު ގާސިމް , މެމްބަރު ހުސައިން އަދި އިލްހާމްގެ ފޯމާ ހަވާލުވެ ވަޑައިގެންފައިވަނީ ޖޭޕީ އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމީޔާތެއްގައެވެ.
އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވެސް ރޭ ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
މެމްބަރު ހުސައިން އާއި އިލްހާމް ޖޭޕީ އަށް ސޮއި ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ