ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 29 މިލިއަން ރުފިޔާ ދެއްވި ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ ޚާއްސަ މަންދޫބު، އަބްދުﷲ ޖާބިރު ހެއްދެވީ އިތުރުފުޅެއް ކަމަށް މައުމޫން ވިދާޅުވުމުން ޖާބިރު ކޯފާ އިސްކުރައްވައިފިއެވެ. ޖާބިރު ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައި ވަނީ ކުރީގެ ރައީސް މައުމޫނުގެ އާއިލާގެ ބޭފުޅަކުވެސް ރާއްޖޭގެ ވެރިކަމާއި ކައިރި ނުކުރުމަށް ގޮވާލައްވާފައެވެ. މައުމޫނާއި އެމަނިކުފާނުގެ އާއިލާއާއި ދެކޮޅަށް ޖާބިރު ޓްވީޓް ކުރައްވާފައިވަނީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެމްޕެއިނަށް ޚަރަދު ކުރުމަށް މައުމޫނަށް 29 މިލިއަން ރުފިޔާ ދިން ކަމަށް ޖާބިރު ވިދާޅުވުމުން، މައުމޫން އެކަން ދޮގު ކުރައްވާފައިވަނިކޮށެވެ.
ޖާބިރު ކުރެއްވި ޓްވީޓް.
ޖާބިރު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލިނގިލީ ދާއިރާއިން އެމްޑީޕީގެ ޓިކެޓުގައި އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދު ހޮވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އެކަމުގައި ރައީސް މައުމޫން ހުރަހަކަށް ވެވަޑައިނުގަންނަވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރުގެ ޓްވީޓާއި ގުޅިގެން މައުމޫންގެ އޮފީހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ޖާބިރު ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. އަދި މައުމޫނާއި އެމަނިކުފާނުގެ ހީވާގި ޓީމަށް ޖާބިރު އެއްވެސް ފައިސާއެއް ދީފައިނުވާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށްވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.
މައުމޫންގެ އޮފީހުން ނެރުއްވި ނޫސް ބަޔާން.
ޖާބިރު ދެއްކެވި ވާހަކަ މައުމޫން ދޮގު ކުރެއްވުމާއެކު، އެދެބޭފުޅުންގެ މެދުގައި ވަނީ ވަރަށް ބޮޑު ހިތްހަމަނުޖެހުމެއް އުފެދިފައެވެ. ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޖާބިރު ވަނީ އެއްބަސްވުމެއްގެ ދަށުން މައުމޫން އެފައިސާ ނެންގެވިކަން ޔަޤީންކޮށްދެއްވާފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް ކުރި ކެމްޕޭނު ތެރޭގައި، މައުމޫން އެފައިސާ ނެންގެވީ އަނބުރާ ދައްކާ ގޮތަށް ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. އަދި އެފައިސާ ހަތް ދުވަހުގެ ތެރޭގައި ނުދައްކަވައިފިނަމަ މައްސަލަ ފުލުހަށް ހުށަހަޅަން ޔޮޓް ޓުއާސްގެ ވެރިޔާ، ޖާބިރު ވަނީ ނިންމަވާފައެވެ. ޖާބިރު ވިދާޅުވީ ފައިސާ ދެއްވުމަށް މައުމޫން އެދިވަޑައިގެންނެވީ މެލޭޝިއާގެ ވެރިރަށް ކޯލަލަމްޕޫރުގައި ކަމަށެވެ. ފައިސާގެ އެހީއަށް އެދިވަޑައިގަންނަވަމުން މައުމޫން ވަނީ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ޖާބިރުގެ އެހީއަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި 30 އަހަރުގެ ވެރިކަމުގެ އެއްވެސް މީހަކު އެމަނިކުފާނަށް އެހީ ނުވާ ކަމަށާއި، ފައިސާ ދެއްވަން ޖާބިރުގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށް މައުމޫން ވިދާޅުވިކަން ޖާބިރު ވަނީ ފާހަގަކުރައްވާފައެވެ. ޖާބިރު އާއި މައުމޫނާއި ދެމެދު ބޮޑު ކޯޅުމެއް އުފެދިފައިވާއިރު، ސަރުކާރު ކޯލިޝަނަށް ތާއީދު ކުރާ ގިނަ ބަޔަކު މިހާރު ބުނަމުން ދަނީ "ކޯލިޝަން"، "ކޯޅޭޝަނަކަށް" ބަދަލުވަމުން އަންނަ ކަމުގެ ކޮޅުމަތި ފެންނަން ފަށައިފި ކަމަށެވެ. އަދި ރައީސްގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ހުންނަވައިގެން ސޯޝަލް މީޑިއާގައި ޖާބިރު އަމިއްލަ ހިޔާލު ފާޅުކުރެއްވުމަކީ ހަޑި ކަމެއް ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ. އަދި ޖާބިރު މަސައްކަތް ކުރައްވަނީ ސަރުކާރު ކޯލިޝަންގައި ބައިބައިވުން އުފައްދަން ކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ.
ފަތޯނާ ފާއިޒް
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
ޤާސިމާއި މައުމޫނަށް ރައީސް ކަމަށް ކުރިމަތިލެވޭ ގޮތަށް ޤާނޫނު އިސްލާހުކޮށްފި
45 ސިކުންތު ކުރިން
އެމްސީ ހަމީދަށް ޕޮލިސް ކޮމިޝަނަރުކަން ދިނުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
1 މިނެޓް ކުރިން
ސައްހަ ނޫން ޓިކެޓްތަކުގެ ސަބަބުން އުމްރާއަށް ނުފުރުނު މީހުން ފުރައިފި
1 މިނެޓް ކުރިން
އޮސްޓްރޭލިއާގައި ހޫނުމިން އިތުރުވެ، އަލިފާން ރޯވެދާނެކަމުގެ އިންޒާރު!
32 މިނެޓް ކުރިން
ފައިސާ ނުދޭ ކަމަށް މައުމޫން ވިދާޅުވުމުން ޖާބިރު ކޯފާވެއްޖެ
32 މިނެޓް ކުރިން
30.3 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓު ފާސްކޮށްފި
1 ގަޑި ކުރިން
ނައިބު ރައީސް އާއި މަޖިލީހުގެ ރައީސްއަށް ޖިންސީ ގޯނާގެ ތުހުމަތު!
21 ގަޑި ކުރިން
ދިވެހިރާއްޖެ އިންޑިޔާގެ އަޅުވެތިކަމުގެ ދަށަށް!
19 ގަޑި ކުރިން
އެމްޑީޕީގެ ކެމްޕެއިނަށް 29 މިލިއަން ރުފިޔާ ޚަރަދު ކުރިން: ޖާބިރު
19 ގަޑި ކުރިން
ވެރިކަމަށް ކުޑަ ދުވަސްކޮޅެއް: ބޮޑުތަނުން ޤައުމު ދަރުވާލައިފި
20 ގަޑި ކުރިން
މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނެސްފި
19 ގަޑި ކުރިން
އަނބިމީހާއާއި ދެދަރިން މަރާލި ފިރިހެންމީހާގެ ވާހަކަ
21 ގަޑި ކުރިން
ގުޅުން ހުރި
ޤާސިމާއި މައުމޫނަށް ރައީސް ކަމަށް ކުރިމަތިލެވޭ ގޮތަށް ޤާނޫނު އިސްލާހުކޮށްފި
45 ސިކުންތު ކުރިން
15
0
އެމްސީ ހަމީދަށް ޕޮލިސް ކޮމިޝަނަރުކަން ދިނުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
1 މިނެޓް ކުރިން
12
0
ސައްހަ ނޫން ޓިކެޓްތަކުގެ ސަބަބުން އުމްރާއަށް ނުފުރުނު މީހުން ފުރައިފި
1 މިނެޓް ކުރިން
11
0
ފައިސާ ނުދޭ ކަމަށް މައުމޫން ވިދާޅުވުމުން ޖާބިރު ކޯފާވެއްޖެ
32 މިނެޓް ކުރިން
45
0
ފައިސާ ނުދޭ ކަމަށް މައުމޫން ވިދާޅުވުމުން ޖާބިރު ކޯފާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ